އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމަކީ ތަޖުރިބާކާރު ބޭފުޅެއް ކަމަށް ވިދާޅުވެ، ނައީމްގެ ދިފާއުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ތެދުވެވަޑައިގެންފިއެވެ.
މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ގުޅީ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ތިމާވެށްޓަށް ނޭދެވޭ އަސަރުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދިއުމާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީމު ދެއްވި އިރުޝާދަށް އަމަލު ނުކުރައްވާނެ ކަމަށް އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވި މައްސަލައިގައި އޭނާ ވަޒީފާ އިން ވަކިކުރަންޖެހިދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތަރައްގީގެ ގިނަ މަސައްކަތްތަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރަމުންދާ ކަމަށެވެ. މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުމީ މާލޭގައި ދިރިއުޅޭނެ އެހެން ގޮތެއް ނެތް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މި ސަރަހައްދު ތޮއްޖެއްސުން ހުއްޓުވުމަކީ މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
"އީޕީއޭގެ ޑީޖީއަކީ ތަޖުރިބާކާރު ބޭފުޅެއް." އީޕީއޭގެ ޑިރެކްޓަ ޖެނެރަލްއަކަށް ހުންނެވި ނައީމަށް އިޝާރާތް ކުރައްވައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
ނަޝީދުގެ ޓުވިޓާއެކު ދެ ބޭފުޅުން ބައްދަލު ކުރެއްވި ފޮޓޯއެއް ވެސް އާންމު ކުރައްވާފައެވެ. އެ ފޮޓޯ އިން ފެންނަގޮތުން އެއީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވެވި ބައްދަލުވުމެއް ކަން އެގެއެވެ.

Tharaqqeege gina masakkaiythakun thimaavettah nurangalhu asarukurey.Male’ sarahahdhah ithuru hikifas beynumee Male’ ga dhiriulhuva ehengothehneiy gina rayyithunah boahiyavahikan hoadhadhinumah adhi mi sarahadhu thohjessun huttuvunves muhimmu.EPA ge DG akee thajribakaaru beyfulheh pic.twitter.com/lpWh4fX0I7
— Mohamed Nasheed (@MohamedNasheed) June 7, 2020
"އީޕީއޭގެ ޑީޖީއަކީ ތަޖުރިބާކާރު ބޭފުޅެއް." އީޕީއޭގެ ޑިރެކްޓަ ޖެނެރަލްއަކަށް ހުންނެވި ނައީމަށް އިޝާރާތް ކުރައްވައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
ނަޝީދުގެ ޓުވިޓާއެކު ދެ ބޭފުޅުން ބައްދަލު ކުރެއްވި ފޮޓޯއެއް ވެސް އާންމު ކުރައްވާފައެވެ. އެ ފޮޓޯ އިން ފެންނަގޮތުން އެއީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވެވި ބައްދަލުވުމެއް ކަން އެގެއެވެ.
ކިޔުންތެރިންގެ ހިޔާލު