ހައިކޯޓުން ވެބްކޮންފަރެންސްކޮސް މިއަދު ބޭއްވި ޝަރީޢަތުގެ އަޑުއެހުން
ހައިކޯޓުން ވެބްކޮންފަރެންސްކޮސް މިއަދު ބޭއްވި ޝަރީޢަތުގެ އަޑުއެހުން
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޖުޑީޝަލް އެޑްމިނިސްޓަރޭޓަރ ޙަސަން ސަޢީދު ޙުސައިންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާޠިލް ކޮށްފި އެވެ. މިހުކުން ހައިކޯޓުން މިއަދު ބާތިލު ކުރި ހަސަން ސަޢީދު ވަނީ މި ހުކުމް ތަންފީޒުކޮށް ނިންމަވާފައެވެ.

ހައިކޯޓުގައި ފުރަތަމަ ފަހަރަށް ވެބް ކޮންފަރެންސް މެދުވެރިކޮށް ލައިވްކުރި، މިޝަރީއަތުގެ އަޑުއެހުމުގައި ހައިކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ކުރި ޙުކުމްގައި ބުނެފައިވަނީ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރާއި 2 ވަނަ ނަމްބަރުގެ އެކެއްގެ ދަށުން، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުން ހަސަން ސައީދު ހުސައިން ކުއްވެރި ވެއްޖެކަމަށް ކަނޑައަޅައި، އުގޫބާތެއްގެ ގޮތުން، 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ސައްހަ ނޫންކަމަށް ކަނޑައަޅައި އެ ހުކުމް ބާޠިލް ކުރާކަމަށް ހައިކޯޓުގައި އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމް ކޮށްފަ އެވެ.

ހަސަން ސައީދު ހުސައިންގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާފައި ވަނީ 2018 ފެބްރުއަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ހަސަން ސައީދު ހުސައިން ހޯދުމަށް ފުލުހުން މަސައްކަތް ކުރަން ފެށުމުން ފުލުހުންނަށް ފިއްލަވައިގެން އުޅުއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހަސަން ސައީދު ހުސައިންގެ މައްޗަށް އުފުލި ރިޝްވަތު ދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުން މީގެ ކުރިން ބާތިލް ކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ. ހަސަން ސައީދު ހުސައިން ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސްޕްރީމް ކޯޓުގައި ހުންނަވަނިކޮށް ސިފައިން ސްޕުރީކޯޓު ޓިނު ނަގައިގެން ވަދެގެންނެވެ.

މިއަދު ހައިކޯޓުން ހުކުމް ބާތިލު ކުރަން ހުކުމް ކުރިއިރު އެ ހުކުމަކީ އޭނާ ތަންފީޒުކޮށް ނިމިފައިވާ ހުކުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން