އަލީ ރަމީޒު ޓްވީޓް ކުރައްވާފައިވާ ހިޔާ މަޝްރޫޢުގެ ޓަވަރުތައް ފެންނަ ފޮޓޯ
އަލީ ރަމީޒު ޓްވީޓް ކުރައްވާފައިވާ ހިޔާ މަޝްރޫޢުގެ ޓަވަރުތައް ފެންނަ ފޮޓޯ
މިހާރު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޢަބްދުﷲ ޔާމިންގެ ތަރައްގީގެ މަޝްރޫޢުތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ޓަވަރުތައް ފެންނަ، އިދިކޮޅު ފަރާތްތަކުން ދައުރުކުރާ ފޮޓޯއެެއް، މިހާރު އިސްލާމްދީން ކުރިއެރުވުމުގައި ހަރަކާތްތެރިވާ އަލީ ރަމީޒުގެ ޓުވީޓާ އެކައުންޓަށް ދޫކޮށްލެއްވުމާއެކު ތަފާތު ޝުޢޫރުތަކެއް ފާޅުކުރަން ފަށައިފިއެވެ.

ލަވަކިޔުމާއި ދުރަށް ވަޑައިގެން، އިސްލާމް ދީން ކުރިއަރުވާ ދީނީ ޝިޢާރު ފާޅުކުރައްވައި އާންމުން ހޭލުންތެރިކޮށް، ދީނީ ޕޮރުގުރާމްތައް ހުށައަަޅުއްވަމުން ގެންދަވާ އަލީ ރަމީޒްގެ ޓުވީޓާ އެކައުންޓްގައި ހިއްސާކުރައްވާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމިންގެ ސަރުކާރުން ބިނާކޮށްފައިވާ ފުލެޓްތައް ފެންނަ ގޮތަށް ރޭގަނޑުގެ ވަގުތެއްގައި ނަގާފައިވާ ރީތި މަންޒަރެކެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ކަމެއް ނުވާކަން ހާމަކޮށް މި ސަރުކާރަށް ފާޑުކިޔައި ހަޖޫ ޖަހައި ހެދުމަށް އިދިކޮޅު ފީޕިއެމް/ ޕީއެންސީގެ އެކްޓިވިސްޓުން އެ ފޮޓޯ ވަރަށް ގިނައިން ޝޯޝަލް މީޑިޔާގައި ދައުރު ކުރެއެވެ.

އަލީ ރަމީޒް ޓުވީޓާގައި އެ ފޮޓޯ ހިއްސާކުރެެއްވުމަށްފަހު ވިދާޅުވެފައިވަނީ އެއީ ވަރަށް ހިތްގައިމު ފޮޓޯ އެއް ކަމަށެވެ. "ނޫނޭ މީ ހަމަ ވަރަށް ހިތްގައިމު ފޮޓޯ އެއް މާޝާ ﷲ" ރޭގަނޑުގެ ހަނދުގެ ފުރިހަމަ ކަމުން މަންޒަރަށް އިތުރު ފުރިހަމަކަން ގެނެސްދީފައިވާ އެ ފޮޓޯ ހިއްސާ ކުރެއްވި ޓުވީޓްގައި އަލީ ރަމީޒު ވިދާޅުވެފައި ވެއެވެ. ނަމަވެސް މި ފޮޓޯއާއި ބެހޭ ގޮތުންވެސް އަދި ފޮޓޯއިން ފެންނަ ރައީސް ޔާމީންގެ ތަރައްގީގެ އެ މަޝްރޫޢާއި ބެހޭ ގޮތުންވެސް އަލީ ރަމީޒު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އަލީ ރަމީޒް އެފޮޓޯ ޓްވީޓް ކުރައްވައި އެ މަންޒަރަށް ތަޢުރީފު ކުރެއްވުމަކީ ރައީސް ޔާމީންގެ ތަރައްގީއަށް ކުރެއްވި ތަޢުރީފެއް ކަމުގައި ވެސް މާނަ ކުރެވިދާނެއެވެ.



އަލީ ރަމީޒު އެ ފޮޓޯ ހިއްސާކުރެއްވުމާއެކު އޭނާ ވެސް ރައީސް ޔާމިންގެ ތަރައްގީ ގަބޫލުކުރެއްވީ ކަމަށް ބުނެ، ޚާއްސަކޮށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް އެ ވާހަކަ ދަނީ ފަތުރަމުންނެވެ.

"ރައީސް ޔާމިން ޕްރޮމޯޓް ނުކުރިއަސް އިސްލާމްދީން ޕްރޮމޯޓް ކުރެވޭނެ." އަލީ ރަމީޒުގެ ޓުވީޓާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރި މީހަކު ޓުވީޓާގައި ލިޔެފައި ވެއެވެ.

އަލީ ރަމީޒް އެ ފޮޓޯ ހިއްސާކުރެއްވުމުން ރައީސް ޔާމިންގެ ސަޕޯޓަރުންނާއި މިސަރުކާރަށް ތާއިދު ކުރާ ސަޕޯޓަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައިވެސް ވެއެވެ.

ރައީސް ޔާމިން އާއި ދެކޮޅަށް ޝުއޫރު ފާޅުކުރި އިތުރު މީހަކު ބުނީ އަލީ ރަމީޒު ހިއްސާކުރެއްވި ފޮޓޯ އިން ފެންނަނީ ރައީސް ޔާމިން ސަރުކާރުން ހިންގި ވައްކަމުގެ ލާމަސީލު ނަމޫނާއެެއް ކަމަށެވެ. އެކަމަށް ރައްދުދީ ރައީސް ޔާމިންގެ ސަޕޯޓަރަކު ބުނީ އެ ފޮޓޯ އިން ފެންނަނީ މާތް ﷲ ކުޅަދުންވަންތަ ކަމާއި އިޚުލާސްތެރި މުރާލި ވެރިއެއްގެ ދުރު ވިސްނުން ކަމަށެވެ.

"ރައީސް ޔާމިން އަށް ސަނާކިޔާއިރު ރައީސް ޔާމިންގެ ފަރާތުން އެއްވެސް ގޯސް ކަމެއް ނުފެނޭ، ހަމަ ސަނާކިޔަނީ އިލްމްވެރި އެއްގެ ހައިސިއްޔަތުން އެމީހަކު ދޭންޖެހޭ ނަސޭހަތެއް ނުދޭ. އެއީ މުނާފިގުވީމާ ވާ ގޮތް." އަލީ ރަމީޒަށް ފާޑުކީ މީހަކު ޓުވީޓާގައި ލިޔެފައި ވެއެވެ.

އިތުރު މީހަކު ބުނީ، ޓަވަރު ތައް އަޅަން ނެގި މުއްދަތަށް ވުރެ ގިނަ ދުވަސް އެތަނަށް މީހަކު ވައްދަން އެބަ ނަގާ ކަމަށެވެ. ރައީސް ޔާމިންގެ ސަރުކާރުން ހުޅުމާލޭގައި އަޅާފައިވާ 7000 ފުލެޓް އަދިވެސް މިސަރުކާރުން ހަވާލުކޮށްފައެއް ނުވެއެވެ.

އަލީ ރަމީޒު އެ ފޮޓޯ ޓްވީޓް ކުރެއްވުމުން އެ ޓްވީޓާއި އެއްކޮޅަށާއި ދެކޮޅަށް ގިނަ ބަޔަކު ޚިޔާލުފާޅުކޮށް ބަހުސް ކުރަމުންދިޔަ ނަމަވެސް މިއީ އޮޅިވަޑައިގެން ކުރެއްވި ކަމެއް ކަމަށް އަލީ ރަމީޒު ވިދާޅު ނުވާތީ މިއީ ގަސްތުގައި، ކިހާވަރެއްގެ ކަމެއްކަން އެނގިވަޑައިގެން ކުރެއްވި ޓްވީޓެއްކަން ހާމަވެއެވެ.

ޢަލީ ރަމީޒަކީ ގުދުރަތީ ހިތްގައިމު މަންޒަރުތަކަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އެކަން އޭނާގެ ފޭސްބުކް ޕޭޖާއި އިންސްޓަގުރާމަށް ބަލާލުމުން އެކަނިވެސް ހާމަވެއެވެ. ގިނަައިން ޝޯޝަލް މީޑިޔާ އަށް އަލީ ރަމީޒު ދޫކޮށްލައްވަނީ ގުދުރަތީ ހިތްގައިމު މަންޒަރު ތަކެވެ.



އެ ފޮޓޯތަކުން މާތް ﷲ ގެ ކުޅަނދުންވަންތަ ކަން ވިސްނާ ފިކުރު ކުރުމަށް އަލީ ރަމީޒު ހަނދާންކޮށްދެއްވައެވެ. މިފަހަރުވެސް އެއީ ރީތީ ހިތްގައިމު މަންޒަރަކަށްވުމުން އަލީ ރަމީޒު ހިއްސާކުރެއްވި ފޮޓޯއަކަށް ވެސް ވެދާނެއެވެ. މިއީ އަލީ ރަމީޒް ކޮން މަގުސަދެއްގައި ހިއްސާކުރެއްވި ފޮޓޯ އެއް ކަމެއް އަދި ނޭނގެއެވެ. އެކަމާ ބެހޭގޮތިން އަލީ އަދި އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޢީސާފުޅު

11-Jun-2020

އަޅެދޯ... އެއީ އެންމެ ހެޔޮގޮތް. ރީތިއެއްޗިއްސަށް ހިތް ކިޔުމަކީ މައްސަލައެއްނޫން.. ފައިދާއެއަ ރަގަޅެއް ލިބެން އޮންނަ ކަންކަން ބަލައިގަތުމަކީވެސް މައްސަލައެއްނޫން.. މައްސަލައަކީ އިސްލާމްދީނަކީ އިންސާނިއްޔަތާއި ވަކިން އޮތް, އަދި ވަކި ބައެއްގެ މިލްކު މުދާގަޑަކަށް ހަދައިގެން އުޅޭތީ... ޙަމައެހެންމެ މައްސަލައަކީ ޢެކަންކަމެއްގެ ޙިމާޔަތުގައި ޢިސްލާމްދީން ބާވާލެއްވި އަސާސީ 5 މަޤްޞަދު އެއްފަރާތް ކޮށްފައި, އިސްލާމްދީނަކީ ހަމައެކަނި ޖުއްބާޔާ ފަގުޑިން ރަމްޒުކޮށްދޭ އެއްޗެއް ކަމަށް ބަޔަކަށް ވިސްނޭތީ....


9

ހހަ

11-Jun-2020

އަލީ ރަމީޒް ތަނަކަށް ފޮޓޯއެއް.ލިއް ނުލިއްޔާ ކޮ ންކަމެއްޔާ


3

ސަނަމް

09-Jun-2020

އަސްލު ވެސް އެ ފޮޓޯ ވަރަށް ރީތި ހަމަ.


9

ރީއްޗަށް ލޯބިކުރާ މީހެއް.

09-Jun-2020

ޤުދުރަތީ މަންޒަރުތައް ފިޔަވައި ރާއްޖޭގާ ހުރި ގިނަ ތަންތަނަކީ ޢިއްޒަތްތެރި ރައީސް ޔާމިނުގެ ގަސް އަހަރުގެ ދައުރުގައި ޑރ. މުއިއްޒު އާއި ޢިއްޒަތްތެރި ރައީސް ޔާމިނުގެ ހީވާގި ޓީމުގެ އުފެއްދުން ތަކެވެ.



ޓްރެންޑިން