ޖަޕާނުން ރާއްޖެ އަށް 600 މިލިއަން ޔެންގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޖަޕާނުން ރާއްޖެ އަށް 600 މިލިއަން ޔެންގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޖަޕާނުން 600 މިލިއަން ޔެންގެ އަގުހުރި ހިލޭ އެހީ ދިވެހި ސަރުކާރަށް ދިނުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ޚާރިޖީވުޒާރާގައި އޮތް ރަސްމިއްޔާތެއްގައި ޖަޕާނުން ދޭ ހިލޭ އެހީއާ ގުޅޭ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ސޮއިކުރެއްވިއިރު ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ދިވެހިރާއްޖެއަށް މިފަދަ ވަގުތެއްގައި އެހީތެރިކަން ފޯރުކޮށްދިނީތީ ޖަޕާނު ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. ޚާރިޖީވުޒާރާއިން ބުނީ ޞިއްޙީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް ރާއްޖޭގެ އިޤުތިޞާދީ، އިޖުތިމާޢީ ތަރައްޤީ އިތުރަށް ކުރިއެރުވުމުގެ ގޮތުން 600 މިލިއަން ޔެންގެ ހިލޭ އެހީއެއް ޖަޕާނު ސަރުކާރުން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

600 މިލިއަން ޔެންއަކީ ގާތްގަނޑަކަށް 5.6 މިލިއަން ޑޮލަރު ނުވަތަ 86 މިލިއަނެއްހާ ދިވެހި ރުފިޔާއެވެ. ޖަޕާނު ސަރުކާރުން ދިން ހިލޭ އެހީ ބޭނުންކުރާނީ އަތޮޅު ތަކުގައި ހުރި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ އާލާތްތައް ހޯދައި އެތަންތަނުގެ ފެންވަރު ރަނގަޅުކުރުމަށް ކަމުގައި ޚާރިޖީވުޒާރާއިން ނެރެފަައިވާ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ޖަޕާނު ސަރުކާރުގެ މިހިލޭ އެހީގެ ދަށުން 10 ބެޑްސައިޑް އެކްސްރޭ މެޝިނާއި 65 އެނދުކައިރީ ބަހައްޓާ މޮނީޓަރާއި 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ޑިއަގް ސިސްޓަމްގެ އިތުރަށް 200 އޮޓޮމެޓިކް ޑިފިރިބްރިލިޓާސްއާއި 160 ސިރިންޖު ޕަމްޕު ލިބޭނެ ކަމަށް ޚާރިޖީ ވުޒާރާ އިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން