އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން --
އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން --
ހައްޖު ކޯޕަރޭޝަންގެ އާ އިމާރާތް ހުޅުމާލޭގައި އެޅުމަށްޓަކައި އެކަމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހައްޖު ކޯޕަރޭޝަނާ ހަވާލު ކޮށްފިއެވެ.

8 ފަންގިފިލާ ހިމެނޭ އެ އިމާރާތް އެޅުމަށް ބިމެއް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެޗްޑީސީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. މި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ޙާމިދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ސުޙައިލް އަޙުމަދެވެ.

އެ އިމާރާތް އަޅަން ހައްޖު ކޯޕަރޭޝަނަށް ދީފައި ވަނީ އަމީން އެވެނިއު އޯކް ކުރިމަތިން އޮންނަ 5،000 ވަރަކަށް އަކަފޫޓުގެ ބިމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން