ަހިޔާ ފްލެޓްތަކުގެ ވާހަކައާއެކު ރައީސް ނަޝީދު ޓްވީޓް ކުރެއްވި ފޮޓޯ
ަހިޔާ ފްލެޓްތަކުގެ ވާހަކައާއެކު ރައީސް ނަޝީދު ޓްވީޓް ކުރެއްވި ފޮޓޯ
ރައީސް ޢަބްދުﷲ ޔާމިންގެ ތަރައްގީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ހިޔާ މަޝްރޫޢުގެ ޓަވަރުތައް ފެންނަ، ފޮޓޯއަކީ ދަރަނީގެ ދަންތުރައިގެ ފޮޓޯއެއް ކަމަށް ވިދާޅުވެ ހިޔާ މަޝްރޫޢުގެ 7000 ފްލެޓަކީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައި ރައީސް މުހަންމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ، 500 އަކަ ފޫޓުގެ ބޮޑުމިނުގައި ހުޅުމާލޭގައި ފުލެޓްތަކެއް އަޅާފައިވަނީ ކޮތަރު ކޮށިތަކެއް ގޮތަށް ކަމަށެވެ. އަދި މި ފްލެޓްތަކަކީ އަކަ ފޫޓަކަށް 1900 ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ ފްލެޓް ތަކެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

"މިހެން ކަމުން ކުލީގެ ގޮތުގައި 11000 ރުފިޔާ ދައްކަންޖެހޭ، ދެން މި ކިހިނެއް ދެކޮޅު ޖައްސަނީ. މިއީ އެ ދަރަނީގެ ދަންތުރައިގެ ފޮޓޯ" ރައީސް ޔާމިންގެ ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން އިމާރަތް ކުރި 7000 ފުލެޓްގެ ފޮޓޯއަކާއެކު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.



ރައީސް ނަޝީދު ހިޔާ މަޝްރޫޢުގެ 7000 ފްލެޓާއި ބެހޭގޮތުން ފާޑު ވިދާޅުވެ ޓްވީޓެއް ކުރައްވާފައި މިވަނީ އެ ފްލެޓްތައް ހިމެނޭ ރީތި ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުކޮށް އެ މަޝްރޫޢާއި ބެހޭގޮތުން ގިނަ ބަޔަކު ބަހުސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެ ވަޑައިގެން ބޭއްވެވި ނޫސްވެރިން ގެ ބައްދަލުވުން ތަކުގެ ތެރެއިން ފުރަތަމަ ދެ ބައްދަލުވުމެއްގައި ވެސް މި ފްލެޓްތަކުގެ ވާހަކަ ވަރަށް ގިނައިން ދައްކަވާފައި ވެއެވެ. އަދި މި ފްލެޓްތަކަކީ ކޮތަރު ކޮށިތަކެއް ކަމުގައި އެންމެ ފުރަތަމަ ސިފަ ކުރެއްވީވެސް ރައީސް ޞާލިޙެވެ. އޭރު ރައީސް ވިދާޅުވެފައިވަނީ މި ފްލެޓްތައް ދޫކުރާނީ ފްލެޓްތަކުގެ އޮނިގަނޑަށް ބަދަލު ގެނަސް ފްލެޓްތަކުގެ ސައިޒް ބޮޑުކުރުމަށް ފަހުގައި ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވެފައިވަނީ އެވިސްނުން ބަދަލުކޮށް ކުރިން ހުރި ގޮތަށް ފްލެޓްތައް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ކުރީ ސަރުކާރުން މި ފްލެޓްތައް ދޭން ނިންމާފައިވަނީ އޭގެ ހައްގުވެރީންނަށް ނޫން ކަމުގައި ވިދާޅުވެ ރައީސް ޞާލިޙް ވަނީ މި ފްލެޓްތަކާއި ބެހޭ ކަންކަން ބަލައި ނިންމައި ފްލެޓް ދޭނެ މީހުން ކަނޑައެޅުމަށް ޚާއްޞަ ކޮމިޓީއެއްވެސް އެކުލަވާލައްވާފައެވެ.

މި ކޮމިޓީގެ މަސައްކަތް ތަކުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ދައްކަވަމުން ފްލެޓްތައް ދޭނެ ތާރީޚެއް ވެސް މި ސަރުކާރުގެ ހައުސިންގ މިނިސްޓަރަށް އޮޅިވަޑައިގެން ވަނީ ވިދާޅުވެވިފައެވެ. ފަހުން މިނިސްޓްރީން ނެރުނު ނޫސްބަޔާނުން އެނގޭ ގޮތުގައި އެ ފްލެޓްތައް ދޭނެ ވަކި ތާރީޚެއް ކަނޑައަޅާފައެއް އަދި ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން