ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އީޕީއޭއާއި ރައްޔިތުންގެ މަޖިލީހުން ލަފާ ދީފައި ވަނީ އެ ސަރަހައްދުގައި ހިމެނޭ ފަރުތައް ހިމާޔަތްވާނެ ގޮތަށް ވަރުގަދަ ފިޔަވަޅުތައް އަޅައިގެން މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގުޅީފަޅު ހިއްކުމުގެ މައްސަލަ މަޖިލީހުގެ އެންވަޔަރަންމެންޓް ކޮމިޓީން މިހާރު ވަނީ ބަލަން ފަށާފައެވެ. ޢެ މައްސަލަ ކޮމިޓީން ބަލަން ފަށާފައިވަނިކޮށް، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހާއި އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ލަފައަކީ ވެސް އެ މަޝްރޫއު ކުރިއަށް ދާއިރު އެ ސަރަހައްދުގައިވާ ފަރުތައް ހިމާޔަތް ކުރަން އިތުރު އާ ވަރުގަދަ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ.
"އަޅުގަނޑު ދެކެނީ މަޖިލީހާއި އީޕީއޭގެ މި ރެކޮމެންޑޭޝަންތައް ސަރުކާރުން ބަލައިގަންނާނެ ކަމަށް. ގުޅިފަޅު މަޝްރޫއަކީ މުހިއްމު އަދި ގިނަ ފައިދާތަކެއް ލިބޭނެ މަޝްރޫއެއް. އެކަމަކު އެ ކަން ކުރަން ފަރުތައް ހަލާކު ކޮށްލައިގެން ނުވާނެ." އިނގިރޭސި ބަހުން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މި ކަމާ ގުޅިގެން މިއަދު ދިވެހި ބަހުން ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ވެއްޓަށް ނުރަނގަޅު އަސަރުތަކެއް ކުރާ ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދު ހިއްކަން ޖެހެނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށާއި މި ސަރަހައްދުގެ ތޮއްޖެހުން ކުޑަ ކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ގުޅީފަޅު ހިއްކަން ފަށާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރު އެ ސަރަހައްދަށް ބަދަލު ކުރުމަށެވެ. ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން އެ ފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވާއިރު އެ މަސައްކަތް ފެށި ފަހުން ވިލިމާލެ ފަރަށް ކިސަޑު އެޅި ފަރުތައް މަރުވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އީޕީއޭއިން ބުނީ ގުޅިފަޅު ހިއްކުން ހުއްޓަން ޖެހޭ ވަރަށް ގެއްލުން ނުވާ ކަމަށެވެ.
ޕުލޭނިން މިނިސްޓަރު އަސްލަމް މަޖިލީހުގެ ކޮމެޓީގައި ވިދާޅުވީ ގުޅިފަޅު ހިއްކުމުން ވެއްޓަށް އަސަރުތަކެއް ކުރިއަސް އެއީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ މަޝްރޫއެއް ކަމަށާއި އޭގެ އިގްތިސާދީ ނަފާ މާ ބޮޑު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު