ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރާ ފްލޯޓިން ސިޓީ މަޝްރޫޢުގެ މަސައްކަތް އިކޮނޮމިކް ކައުންސިލުން ހުއްޓުވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.
ފްލޯޓިން ސިޓީ ގާއިމްކުރުމުގެ އެ މަޝްރޫއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫއެެކެެވެ. އެހެން ނަމަވެސް އެމަޝްރޫއު މަޑުޖެހިފައި އޮތުމަށްފަހު އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް މިއަހަރުގެ ފެބްރުވަރީ މަހުގެ ނުވަވަނަ ދުވަހު މިކަމާ ގުޅޭ އެއްބަސްވުމުގައި ޑަޗް ޑޮކްލޭންޑް ކުންފުންޏާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
އެމްޑީޕީގެ އިސްބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިކޮނޮމިކް ކައުންސިލުން އެ މަސައްކަތް މިހާރު ހުޢްޓުވާފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ތިމާވެއްޓާބެހޭ ވަޒީރު އާމިނަތު ޝައުނާ ވެސް ވޯޓު ދެއްވި ކަމަށެވެ. އަދި ސަރުކާރުން އެމަސައްކަތް ހުއްޓުވީ، މަޝްރޫޢުގައި އެމަނިކުފާނުގެ ނަން ހިމެނޭތީ ކަމަށް ޤަބޫލުކުރަށްވާކަމަށާއި އެހެންނަމަވެސް މިއީ ދަރަންޏެއް ނެތް 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިއީ ބޮޑުވަރު." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ފްލޯޓިންގ ސިޓީގެ މަސައްކަތް ކުރެވޭނެ އެއްވެސް ގޮތެއް ޑަޗް ކުންފުންޏަށް ދައްކާފައި ނުވާތީ މިހާރު ގަސްދުކުރަށްވަނީ އެ މަޝްރޫޢު ރާއްޖޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ޑަޗް ކުންފުންޏަށް ލަފާ އަރުވަން ކަމަށެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއްގައި ހިންގާ މިމަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓު އަޅާގޮތަށް ވަނީ ނިންމާފައެވެ. މިޔުނިޓްތަކަކީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކެއް ކަމަށް މަސައްކަތުގެ ކޮންޓެކްޓަރ މަޢުލޫމާތުދެއެެވެ.
އޭގެ އިތުރުން ފްލޯޓިން ސިޓީއާ ގުޅުވައިގެން ޔޮޓް މެރީނާ އާއި ރިސޯޓާއި ޕިކްނިކް އައިލެންޑްތައްވެސް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފްލޯޓިންގ ސިޓީގެ ވާހަކަ ދާދިފަހަކުން ރައްޔިތުންގެ މަޖިލީހުގައި ހައުސިންގ މިނިސްޓަރ އަސްލަމް ވަނީ ދައްކަވާފައެވެ. ނަމަވެސް ރައީސް ނަޝީދު އެ ތުހުމަތު ކުރަށްވާ ފަދަ ނިންމުމެއް އެކަމުގައި ނިންމާފައިވާ ކަމެއް ރަސްމީކޮށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު