ހިޔާ މަޝްރޫޢުގެ 7000 ފްލެޓް ފިޔަވައި ހުޅުމާލޭގައި ދެންހުރި ގިނަ ފްލެޓް ތަކަކީ އެމްޑީޕީގެ ސިޔާސަތު ތަކާއި އެެއްގޮތަށް އަޅާފައިވާ ފުލެޓްތައް ކަމަށާއި އެތަންތަނުގެ ޖާގަ ތަނަވަސްވެފައި އަގުވެސް އެކަށީގެންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ހުޅުމާލޭގައި ރައީސް ޔާމިންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 7000 ފުލެޓްގެ ފޮޓޯ އެއް ޓުވީޓާގައި ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަން ފާހަގަކޮށްލެވެއެވެ. އެއީ 25 ބުރީގެ ހައުސިން ޔުނިޓުތަކެކެވެ. ރައީސް ނަޝީދު ވަނީ އެއީ ކޮތަރު ކޮށިތަކެއް ކަމަށް ވިދާޅުވެ އެއީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، 500 އަކަ ފޫޓުގެ ބޮޑުމިނުގައި ހުޅުމާލޭގައި ފުލެޓްތަކެއް އަޅާފައިވަނީ ކޮތަރު ކޮށިތަކެއް ގޮތަށް ކަމަށެވެ. އަދި މި ފްލެޓްތަކަކީ އަކަ ފޫޓަކަށް 1900 ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ ފްލެޓް ތަކެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން އެ ފުލެޓްތަކަށް ކުލީގެ ގޮތުގައި 11000 ރުފިޔާ ދައްކަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ކުރެއްވި އެހެން ޓުވީޓެއްގައި ނަޝީދު ވިދާޅުވީ އެމަޝްރޫއު ފިޔަވައި ދެން ހުޅުމާލޭގައި އަޅާފައިވާ ފުލެޓްތަކަކީ އެމްޑީޕީގެ ސިޔާސަތުތަކާއި އެއްގޮތަށް އަޅާފައިވާ ފުލެޓްތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ފުލެޓްތަކުގެ ޖާގަ ތަނަވަސްވެފައި އަގުވެސް އެކަށީގެންވާނެ ކަމަށެވެ.
"އެތަންތަން (ފުލެޓް) ތައް ތަނަވަސްވާނެ، ބޮޑު ދަރައްޏެއް ނޯންނާނެ، އިރާދަކުރެއްވިއްޔާ މިދަރަނި ވެސް ސަރުކާރުން ދައްކާނެ، އަދި އިތުރު ތަނަވަސް ފުލެޓްތައް ވެސް އަޅާ ދެއްވާނެ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުން އެ ދަރަނި ފޫބައްދައި ދެއްވާނެ ކަމަށެވެ. "އެކަމަކު 900 ރުފިޔާ އަކަ ފޫޓެއްގެ މަގުން އަސްލު އަގު ހުރި މަސައްކަތެއް 1900 ރުފިޔާއަށް ކުރީމާ ތަފާތަކީ ކޮބައި؟ ޗައިނާގެ ކުންފުނިން ދެކޮޅު ނުޖެހޭ މިންވަރަށް އަގު އުފުލީ ދަރުވާލާފަ، ފަހުން އެ ކުންފުނި ގަންނާންބާ؟" ލަންކާ އާއި އެފްރިކާ ގައުމުތަކަށް ވީ އެގޮތަށް ކަމަށް ހާމަކުރައްވައި އެގައުމުތަކުން މިސާލު ނަންގަވައި ޗައިނާއަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު