ރައީސް ނަޝީދާ އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު
ރައީސް ނަޝީދާ އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު
ރައީސް ޔާމިންގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން އެޅި 7000 ފުލެޓާ ގުޅިގެން ކުރީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ޖެއްސެވި ހިސާބާއި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހަންމަދު މުއިއްޒު ޖެއްސެވި ހިސާބު ދިމާނުވެ އޮޅުން އަރައިފިއެވެ.

ރައީސް މުހަންމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުޅުމާލޭގައި އަޅާފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓް ތަކަކީ 500 އަކަ ފޫޓުގެ ކުދި ކޮތަރު ކޮށިތަކެއް ކަމަށެވެ. އަދި އެ މްޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އިމާރާތް ކުރުމުގެ އަގަށް ބަލާއިރު އަކަފޫޓަކަށް 1900 ރުފިޔާ ޖެހޭކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. އެހެންކަމުން އެ ފްލެޓްތައް އެންމެ ކުޑަވެގެން ވެސް ކުއްޔަށް ދެވޭނެ އަގަކީ މަހަކު 11،000 ރުފިޔާއަށް ކަމަށާއި އެނޫން ގޮތަކަށް ދެކޮޅު ޖައްސާނީ ކިހިނެއްތޯ ސުވާލުކުރައްވައި އެމަނިކުފާނު ވަނީ އެއީ ދަރަނި ދަންތުރައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވަނީ އެވާހަކަތައް މީގެކުރިން ވެސް ދޮގުކުރައްވާފައެވެ. އަދި ފްލެޓުތަކުގެ އަގާއި ސައިޒުވެސް ސަފީރު ވަނީ ހާމަކުރައްވާފައެވެ. މި ފެލްޓުތައް އެޅީ ޗައިނާގެ ލޯނެއްގެ ދަށުން ޗައިނާ ކުންފުޏްނަކުންނެވެ. މިގޮތުން ހިޔާ ފުލްޓުތަކުގެ ސައިޒަކީ 720 އަކަ ފޫޓު ކަމަށާއި އިމާރާތް ކުރުމާއި ފިނިޝިން މަސައްކަތާއި އެކު އަކަ ފޫޓަކަށް ހަރަދުވެފައިވަނީ 1450 ރުފިޔާ ކަމަށް ސަފީރު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ ވާހަކަތައް ދޮގުކުރައްވައި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުހަންމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓުތައް ދޭން ނިންމާފައިވާ ކުއްޔަކީ މަހަކު 5600 ރުފިޔާއަށް ކަމަށެވެ.

"ހިޔާ ފުލެޓް ތަކުގެ ކޮންސްޓަރކްޝަން ކޮސްޓާ، ހުރިހާ ފިނިޝިންގ ކޯސްޓަކާއި އެއްކޮށް އަދި ފައިނޭޝިއަލް ކޮސްޓް ވެސް ހިމަނައިގެން ޖެހޭ ވަރުގެ މައްޗަށް ފައިދާ ހިމަނާފައި ވެސް މަހަކު 5600 ރުފިޔާއަށް ދެވޭނެ." ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެކުލި 20 އަހަރަށް ބަހާލައިގެން ދެއްކޭގޮތަށް ރައީސް ޔާމިން ނިއްމެވީ ދެކޮޅު ޖެހޭނެތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. "ހައުސިން މިނިސްޓްރީ އަދި އެޗްޑީސީ އަށް ރައީސް ޔާމިން ވަނީ އެކަން އަންގަވާފަ، އެންމެ ގިނަވެގެން 7000 ރުފިޔާގެ ކުއްޔަކުން ވެސް 15 އަހަރު ތެރޭގައި އެޗްޑީސީ އަށް ފައިދާވޭ، ޕޮރެޖެކްޓާއި ގުޅޭ ހުރިހާ ކޮސްޓެއް ހިމަނައިގެން." މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. އެއީ 25 ބުރީގެ ހައުސިން ޔުނިޓުތަކެކެވެ.

ކުރީ ސަރުކާރުން މި ފްލެޓްތައް ދޭން ނިންމާފައިވަނީ އޭގެ ހައްގުވެރީންނަށް ނޫން ކަމުގައި ވިދާޅުވެ ރައީސް ޞާލިޙް ވަނީ މި ފްލެޓްތަކާއި ބެހޭ ކަންކަން ބަލައި ނިންމައި ފްލެޓް ދޭނެ މީހުން ކަނޑައެޅުމަށް ޚާއްޞަ ކޮމިޓީއެއްވެސް އެކުލަވާލައްވާފައެވެ. މި ސަރުކާރުން އެންމެ ފުރަތަމަ ކުރަން ފެށި މަސައްކަތް ތަކުގެ ތެރޭގައި ހިމެނޭ މި ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ސަރުކާރަށް ދެއަހަރުވާން ދާއިރުވެސް ނިމިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިއުންތައްވަނީ ސަރުކާރަށް އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


11

ދަވާލި19

08-Jun-2020

ކައުންސިލް އިންތިހާބާ ރިޔާސީ އިންތިހާބުވެސްް އަދިއެބޮތް އެހެންވީމާ ހައްގުވެރިންނައް ފުލެޓު ހަވާލު ނުކުރެވިގެން ލަސްވާކަށް ނުޖެހޭ ނޫމްތޯ އިންތީހާބުތައް ކާރިވާވަރަކަށް ރައްޔިތުންގެތެރެއިން ބަޔަކަށް ކަންތައްފަސޭހަވެ ދައުލަތުން އިނާޔައްތައްލިބި ފޮލެޓު ތައްވެސް ލިބެމުންދާނެ ކެއްތެރި ވެލައްވާ


15

ބިސް

08-Jun-2020

ނަޝީދަކީ ހިސާބުޖަަހަން ދަންނަ މީހެއްނޫން. އެއްޗެއް އެގިގެން އަނގަ ފުޅާކުރާމީހެއް ނަމަ ރަނގަޅު ޚަބަރުގަ ލިޔަންވެސް



ޓްރެންޑިން