މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މުހިންމު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވައިފިއެވެ.
މި ބިލަކީ ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށާއި ޓެކްސް ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީއެވެ.
މެންބަރު އިބްރާހީމްދީދީ ވިދާޅުވީ، މި އިޞްލާޙު ހުށަހެޅުއްވުމުގެ މައިގަނޑު އެއް މަޤްޞަދަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓްތަކާއި، އެފަދަ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ޚިދުމަތުން ނަގަމުން އަންނަ ޓެކްސް ނެގުން ހުއްޓާލުމެވެ. އެގޮތަށް ޓެކްސް ނަގަން ފެށުމަށް ކުރިން ހަމަޖެހިފައި އޮތީ 1 އޮކްޓޫބަރު 2026 ގައެވެ.
މީގެ އިތުރުން، ޤަވާޢިދުން ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެޅޭނެ ފިޔަވަޅުތައް މިހާރަށްވުރެ ވަރުގަދަކޮށް، ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ހުއްޓުވުމަށް ޤާނޫނީ ބާރުވެރިކަން ދިނުމަކީވެސް މި ބިލުގެ މުހިންމު އަމާޒެކެވެ. އެގޮތުން، އެއްވެސް ފަރާތަކުން ކުރާ މުޢާމަލާތަކީ ހަމައެކަނި ޓެކުހުގެ ނާޖާއިޒު މަންފާއެއް ހޯދުމުގެ މަޤްޞަދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ހާލަތްތަކުގައި، އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކޮށްފައިވާ މުޢާމަލާތެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މިފަދަ މުޢާމަލާތްތަކާ ގުޅިގެން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ބޮޑެތި ބާރުތަކެއް ލިބިދިނުމަށް ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން، ޓެކްސް ދެއްކުމުން އެއްކިބާވާން ހިންގާފައިވާ މުޢާމަލާތްތަކަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވޭނެ މުޢާމަލާތެއް ނޫން ކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންދާނެއެވެ. ބިލުގައި ޓެކުހާ ގުޅޭ ނާޖާއިޒު މަންފާގެ ގޮތުގައި ބަލާނެ ކަންކަމުގެ ތެރޭގައި، ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކުޑަކުރުމާއި، ދައްކަންޖެހޭ މުއްދަތު ފަސްކުރުން ފަދަ އުކުޅުތައް ހިމެނެއެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުން މި އިޞްލާޙު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބިލު ތަޞްދީޤުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ.
ބިލުގައި ހިމަނާފައިވާ އަންދާޒާތަކަށް ބަލާއިރު، ބިލު ތަންފީޒުކުރުމާއެކު އިންބައުންޑް ޓުއަރިޒަމްއިން ކުރިން ލިބޭނެކަމަށް ލަފާކުރި އާމްދަނީ ދަޢުލަތަށް ނުލިބޭނެކަން ފާހަގަކޮށްފައިވެއެވެ. ކުރިން އަންދާޒާކޮށްފައިވާ ގޮތުން، އޮފް ޝޯ ބުކިން ޕްލެޓްފޯމާއި، ފޮރިން ޓުއަރ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީއާއެކު 1608.5 މިލިޔަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެކަމަށް ބެލެވުނެވެ.

ކިޔުންތެރިންގެ ހިޔާލު