ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ފޮޓޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
އަނދުން ހުސެއިނާއި ގުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށާފައި މިވަނީ އަނދުން ހުސައިން ކަމަށް ބެލެވޭ މީހަކު ހިމެނޭ ގޮތަށް ގްރޫޕް ހަދައިގެން ބަރަހަނާ ހާލުގައި ބަޔަކު ތިބި މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ފުލުހުން މިއަދު ބުނީ، އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
އަނދުން ހުސައިން ކަމަށް ބެލެވޭ މީހެއްގެ ފޮޓޯއެއް ޢާއްމުވެފައިވާއިރު ޤާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުކަމަށް ބެލެވޭ މީހެއްގެ ބަދުއަޚުލާޤީ ވީޑިއޯއެއް ސޯޝަލްމިޑިއާގައި ދަނީ ދައުރުވަމުންނެވެ.
ނަމަވެސް އަދުން ހުސައިންގެ ފޮޓޯއަކީ ނާޒިމްގެ ވިޑިއޯ އާންމު ވުމުން ބަދަލު ހިފުމުގެ ގޮތުން އެޑިޓްކޮށް ހަދާފައިވާ ފޮޓޯއެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ފުލުހުންގެ އިދާރާއިން މީގެ ކުރިން ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު