ޤާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ދެހާސްބާރަވަނަ އަހަރު ނާޒިމް ކޮށްފައިވާ ޓްވީޓްގެ މައްސަލަ ފުލުހަށް ހުށައަޅާފައިވަނީ ރައްޔިތުންގެ އިއްތިހާދުގެ ފަރާތުންނެވެ. ފުލުހުން މިއަދު ބުނީ މާތް ނަބިއްޔާއަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށެވެ.

ނާޒިމް އަބްދުއްސައްތާރު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ހާމަކޮށްފައިވާއިރު ނާޒިމްގެ މައްޗަށް ތުހުމަތުކުރެވޭ ބަދުއަޚުލާޤީ ވީޑިއޯއެއްގެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ. އަދި އޭނާގެ ޕާސްޕޯޓްވެސް ފުލުހުން މިހާރުވަނީ ހިފަހައްޓާފައެވެ.

އާއްމުގޮތެއްގައި ޓްވިޓަރގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ނާޒިމްގެ ޓްވިޓަރ އެކައުންޓްވެސް މިހާރު ވަނީ ޑީއެކްޓިވޭޓްކޮށްލާފައެވެ. އޭގެ އިތުރުން އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކޮށް ވަނީ ސުވާލުވެސްކޮށްފައެވެ.

ފުލުހުންގެ އިދާރާއިން މީގެ ކުރިން ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު