ރާއްޖެއަށް ޓެކްސް ނިޒާމް ތަޢާރަފްކޮށް ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނީ އެމްޑީޕީން ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީގެ މެންބަރުންނަށް ތަހުނިޔާ ދަންނަވައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ ބަދަލު ކުރި ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ. ޚާއްސަކޮށް ޓެކްސްގެ ނިޒާމް ތަޢާރަފްކޮށް ދައުލަތުގެ އާމްދަނީ އިތުރުކޮށް، ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީ އެމްޑީޕީން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ދިވެހިރާއްޖެ ބަދަލު ކުރި ޕާޓީއަކީ އެމްޑީޕީ. ޚާއްސަކޮށް ޓެކްސްގެ ނިޒާމް ތަޢާރަފްކޮށް ދައުލަތުގެ އާމްދަނީ އިތުރުކޮށް، ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީ އެމްޑީޕީ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު ސަރުކާރާއި އެމްޑީޕީގެ ލީޑަރޝިޕާއި ދެމެދު ބޮޑެތި ބައިބައިވުންތަކެއް އުފެދި އެ ޚިޔާލުތަފާތުވުންތައް ވަނީ ޢާއްމު މެމްބަރުންނާ ހަމައަށް ތިލަވެފައެވެ.
އެމްޑީޕީއަކީ، ސިޔާސީ ޕާޓީތަކުގެ ނިޒާމް ރާއްޖެއަށް ތައާރަފު ވެގެން ފަހުގެ ތާރީޚްގައި ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައި ވަނީ 26 ޖޫން 2005 ގައެވެ.
އެމްޑީޕީ ވުޖޫދުވުމަށްފަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުން ދެފަހަރުގެ މަތިން ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެފައި ވެއެވެ. އެގޮތުން 2008 ވަނަ އަހަރު ރައީސް ކަމަށް އެ ޕާޓީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ވެފައިވާއިރު، 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަށްވާފައެވެ.

MDP ge aharee dhuvahu party ge enme memberunaai thaaidhu kuravva enme beyfulhunnah varah marhaba. Dhivehi Raajje badhal kuri party akee MDP, khaasakoh tax ge nizaam eh tha-arafkoh dhaulathuge aanmdhanee ithurukoh, rayyithunnah ijthimaee rahkaatherikan foarukoh dhinee MDP
— Mohamed Nasheed (@MohamedNasheed) June 26, 2022
އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު ސަރުކާރާއި އެމްޑީޕީގެ ލީޑަރޝިޕާއި ދެމެދު ބޮޑެތި ބައިބައިވުންތަކެއް އުފެދި އެ ޚިޔާލުތަފާތުވުންތައް ވަނީ ޢާއްމު މެމްބަރުންނާ ހަމައަށް ތިލަވެފައެވެ.
އެމްޑީޕީއަކީ، ސިޔާސީ ޕާޓީތަކުގެ ނިޒާމް ރާއްޖެއަށް ތައާރަފު ވެގެން ފަހުގެ ތާރީޚްގައި ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައި ވަނީ 26 ޖޫން 2005 ގައެވެ.
އެމްޑީޕީ ވުޖޫދުވުމަށްފަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުން ދެފަހަރުގެ މަތިން ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެފައި ވެއެވެ. އެގޮތުން 2008 ވަނަ އަހަރު ރައީސް ކަމަށް އެ ޕާޓީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ވެފައިވާއިރު، 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު