ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުން މިއަދު ފުރަން ފަށާތީ، މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން ބުނީ ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނީ ހައްޖުވެރިން ހައްޖަށް ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައް ކަމަށްވާ ޖޫން 26، 29 އަދި ޖުލައި 2 ވަނަ ދުވަހުކަމަށެވެ. އެގޮތުން އެ ދުވަސްތަކުގެ ރޭގަނޑު 7:00 އިން 8:00 އަށް މަޖީދީމަގާއި އަމީނީ މަގު އަދި އޯކިޑްމަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ފުލުހުން ވަނީ ނިންމާފައެވެ.

މި ގެނެވޭ ބަދަލާއެކު ރޭގަނޑު 7:00 އިން 8:00 އަށް މަޖީދީ މަގުން އަދި އަމީނީ މަގުގެ ވަކި ހިސާބަކަށް ހުޅަނގުން އިރަށެވެ.



މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގަ އާންމުކޮށް ހުޅުވައިލައިގެން ގުރުއަތުން ހޮވުނު މީހުންނަށް ވަނީ ދީފައެވެ.

ރާއްޖެއަށް މިފަހަރު މަދު އަދަދެއްގެ ކޯޓާ ލިބިފައިވާތީ އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް އެކަމުގައި ސައުދީ ސަރުކާރުގެ ރަސްމީ ޖަވާބެއް މިހާތަނަށް އައިރުވެސް ލިބިފައި ނެތްކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ޙައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ޖަމާއަތް މިއަދު ފުރާއިރު، ފުރަތަމަ ބުރުގައި 157 މީހުން ޙައްޖަށް ދިއުމަށް ފުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން