ގޮންޖެހުންތަައް ހުރަސްކޮށް އެމްޑީޕީ ދާނީ އަބަދުވެސް ކުރިއަށްކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބާތުގައި ކުރެއްވި ޓްވީޓެއްގައެވެ.
ފައްޔާޒް ވަނީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ އެންމެހާ މެމްބަރުންނަށް އަރިސްކުރަށްވާފައެވެ. އަދި ދިމާވާ ކޮންމެ ގޮންޖެހުމެއް ގިރާކޮށް އެމްޑީޕީ ދާނީ ކުރިއަށްކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީއަކީ، ސިޔާސީ ޕާޓީ ނިޒާމް ރާއްޖެއަށް ތައާރަފު ވެގެން ފަހުގެ ތާރީޚްގައި ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައި ވަނީ 26 ޖޫން 2005 ގައެވެ. އޭގެ ކުރިން ރާއްޖޭގައި ސިޔާސީ ޕަޓީ ހިންގަން ފުރުސަތު ނުދޭތީ އެމްޑީޕީ އުފައްދައި ހިންގަމުން އައީ އަވަށްޓެރި ސްރީ ލަންކާގައެވެ. އެމްޑީޕީ އުފެއްދުމުގައި އެންމެ ކުރިން އިސްނަންގަވައިގެން އުޅުއްވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ފަދަ ވަރަށް އިސް ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

MDP ge 17th vana aharee dhuvahuge thahuniya Party ge enmehaa membarunnah ariskuran. Dhimaavaa konme gonjehumeh inshah Allah gira koh mi Party dhaanee kuriah.
— Fayyaz Ismail (@faya_i) June 26, 2022
އެމްޑީޕީއަކީ، ސިޔާސީ ޕާޓީ ނިޒާމް ރާއްޖެއަށް ތައާރަފު ވެގެން ފަހުގެ ތާރީޚްގައި ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައި ވަނީ 26 ޖޫން 2005 ގައެވެ. އޭގެ ކުރިން ރާއްޖޭގައި ސިޔާސީ ޕަޓީ ހިންގަން ފުރުސަތު ނުދޭތީ އެމްޑީޕީ އުފައްދައި ހިންގަމުން އައީ އަވަށްޓެރި ސްރީ ލަންކާގައެވެ. އެމްޑީޕީ އުފެއްދުމުގައި އެންމެ ކުރިން އިސްނަންގަވައިގެން އުޅުއްވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ފަދަ ވަރަށް އިސް ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު