ފުލުހުންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.
ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެއަށް ސަރުކާރުން ވަދެގެން ނުވާނެ ކަމަށާ އެކަން ނުވެސް ކުރާނެ ކަމަށެވެ. ހަމަ އެގޮތަށް ފުލުހުންގެ މަސައްކަތަށް ވެސް އިދިކޮޅުން ވެސް އަދި އެއްކޮޅުން ވެސް ފޯރުވާން ނުޖެހޭ ނުފޫޒެއް ނުފޯރުވުމަށް މިނިސްޓަރ އިމްރާން ގޮވާލެއްވިއެވެ.
"ސަރުކާރާ އެއްކޮޅު ވިޔަސް އަދި ދެކޮޅު ވިޔަސް އެއްވެސް ފަރާތަކުން ފޯރުވައިގެން ނުވާނެ ނުފޫޒެއް ނުފޯރުވުން އަޅުގަނޑުމެން މި ގާއިމް ކުރަން މި ބޭނުންވާ ނިޒާމަކީ." އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ވެސް އަދި ސަރުކާރުގެ ތެރޭގައި ވެސް މައްސަލައެއް ނެތް ކަމަށެވެ. ރައީސްގެ ކެބިނެޓްގެ ތެރެއިން ކަންކަން ތަންފީޒުވާއިރު ޕާޓީތަކުން ދެކޭ ގޮތްތައް ވެސް ހާމަ ކުރަމުން ގެންދާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް އަމިއްލަ ވިސްނުންތަކެއް ހުންނާނެ ކަމަށާ އެކަމަށް އިހުތިރާމް ކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަ ވެސް ތާއީދެއް، އެއްވެސް ދާއިރާއަކުން މިނިސްޓަރުގެ އަދާލަތު ޕާޓީ އަށް ލިބިފައި ނުވާކަމަށާއި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އެކަން އެގޮތަށް އޮއްވާ މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރުގެ ހުރެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އެކަމަށް ރައްދު ދެއްވަމުން ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲ މިރޭ ވިދާޅުވީ ފުލުހަށް ހުށައެޅޭ މައްސަލަ ވަކިގޮތަކަށް ނިއްމަން އެމަނިކުފާނު ނާންގަވާނެ ކަމަށެވެ.
"އަޅުގަނޑެއް ނުބުނާނެ، ވަކި މައްސަލައެއް ވަކިގޮތަކަށް ގެންދާކަށް ނުވަތަ ވަކިގޮތަކަށް ނިއްމާކަށް. އެއީ ހޯމް މިނިސްޓަރ ކޮށްގެންވާނެ ކަމެއް ނޫން. އެމައްސަލަތައް އެ ދާންޖެހޭ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކުރިއަށްދާކަން ކަށަވަރު ކުރުން އަދި އިންސާފު ހޯދައިދިނުން އެއީ އަޅުގަނޑު ކުރަންޖެހޭނެ ކަމަކީ." އިމްރާން ވިދާޅުވިއެވެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ހަސަން ލަތީފުގެ އެޓްވީޓް ރީޓްވީޓް ކުރައްވައި ހަސަން ވިދާޅުވި އެވާކަތަކަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އެކަމާ ގުޅިގެން އަދާލަތު ޕާޓީގެ އިސްބޭފުޅުންނާއި އެމްޑީޕީގެ އިސް މެމްބަރުން ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައެވެ.
އޭގެ ތެރޭގައި އަދާލަތުގެ ސްލޮޓެއްގައި ޖެންޑަރ މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް "ފެންފޮދެެއްވެސް ނުދީ ކަތިލާލި ކަމަށް" ޑރ. މުހަންމަދު ޝަހީމު އަލީ ސަޢީދު ސިފަކުރައްވާ ސިދާތާ ޝަރީފު، ހަސަން ލަތީފަށް ރައްދު ދެއްވުމުން މައްސަލަ އިތުރަށް ހޫނުވެ ރައީސް ނަޝީދުގެ ސީދާ ރައްދެއް ވެސް އަދާލަތަށް އަމާޒުވެގެން ދިޔަތަން ފެނުނެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ އަދާލަތަށް މެންބަރުން އިތުރު ކުރެއްވުމަށް އެމަނިކުފާނު ފުރުއްވައި ދެއްވި ފޯމުވެސް މަދެއް ނުވާނެ ކަމަށެވެ. ނަމަވެސް އެ "ޑީލަކީ" ކޮން އިރަކު ކޮންގޮތަކަށް ހިނގައިދިޔަ ޑީލެއް ކަމެއް އަދި ތިލަވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު