ފުލުހުން ބަލަމުންދާ ބޮޑު މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ހައްޔަރުކޮށްފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާން އަބްދުﷲ ގެ މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި މއ. ފާނގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) އެވެ. މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުންގެ ޓީމަކުން އިސޫ ހައްޔަރު ކުރީ، ކާނިވަލުގައި ސައިބޯން އިންދާ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މިއަދު ހައްޔަރު ކުރި އިސޫއަކީ މާރާމާރީ ހިންގުމާއި ޓެރަރިޒަމްގެ އަމަލެއްގެ ތުހުމަތުގައި އަދި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރު ކުރި މީހެކެވެ. އަދި ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.
އަހަނދުއަކީ މަސްތުވާތަކެތީގެ ރެކޯޑާއި، ސީރިއާ އާއި ޕާކިސްތާނަށް މީހުން ފޮނުވާ ކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ.
މިމީހުންގެ ހައްޔަރާ ގުޅޭގޮތުން ފުލުހުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު