މިހާރު ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއެއްގައި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހިމެނޭ ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދަނީ އެއްވެސް އަސާސެއްނެތް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް މެންބަރު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.
ސަލީމް އެހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާއި ގުޅިގެން، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި ޕޮލިސް ކޮމިޝަނަރަށް ފޮނުއްވި ސިޓީއެއްގައެވެ.
ސަލީމްގެ ސިޓީގައި ވިދާޅުވެފައިވަނީ އޭނާ އަކީ އެތައް ރައްޔިތުންނެއް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވާ އިރު، އޭނާއަށް ރައްދުވާގޮތަށް އިސްލާމްދީނުގައި ހައްދު ކަނޑައަޅުއްވާފައިވާ ފާހިޝް އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކޮށް ފަތުރާ ވާހަކަތަކުގެ ޙަޤީޤަތް ދިވެހިން ފުލުހުންގެ ޚިދުމަތުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެ ކަމަށް ދެކޭ ކަމަށެވެ.
"އަޅުގަނޑު ނުކުރާ ކަމެއް އެއީ ނުކުރާކަމެއް ކަމަށް ސާބިތުކުރުމަށް އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތް އިރު، އެފަދަކަމެއް ހިނގިކަމަށް ބުނާ މިފަދަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ތިޔަ މުއައްސަސާގެ ޒިންމާއެއްކަމުގައިވެސް އަޅުގަނޑު ދެކެމެވެ." ސަލީމްގެ ސިޓީގައިވެއެވެ.
ސަލީމް ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާފަަދަ އަމަލެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭގޮތަށް ލިޔެ ދައުރުކުރަމުން ގެންދަނީ އެއްވެސް ޙަޤީޤަތެއް އަސާސެއް ނެތް ވާހަކަތަކެއްކަމަށް ސަލީމް ވިދާޅުވިއެވެ.
ދައުރުކުރަމުންދާ ވީޑިއޯއިން ފެންނަ އެއްފަރާތަކީ ކަނޑައެޅިގެން ކޮންފަރާތެއްކަން އެނގޭ ހާލަތުގައި އެ ފަރާތަކާއެކު އެފަދަ އަމަލެއް ހިންގުމުގައި ބައިވެރިވި ފަރާތް ދެނެގަތުމަކީ ފުލުހުންގެ ޤާބިލްކަމަށް ބަލާއިރު، އުނދަގޫކަމަކަށް ވެގެންދާނެކަމަށް ނުބެލެވޭ ކަމަށް ސަލީމްގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ސަލީމް ވަނީ އޭނާއާ މެދުގައި ތުހުމަތުކޮށްފައިވާ މައްސަލަ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ވީހާވެސް އަވަހަކަށް ތަހުޤީޤުކޮށްދެއްވައި އެފަދަކަމެއް ކޮށްފައިވާކަމުގެ ކުޑަނަމަވެސް ހެއްކެއް ލިބިއްޖެނަމަ އެކަމާ ގުޅިގެން އޭނާއާ މެދު އަޅުއްވަންޖެހޭ ޤާނޫނީ ފިޔަވަޅު ވީހާވެސް އަވަހަކަށް އެޅުމަށްވެސް ފުލުހުންގެ ކިބައިން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު