ކޯވިޑް-19ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް މެއި މަހު ދޭ އިންކަމް ސަޕޯޓު އެލަވެންސަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮންމިކް މިނިސްޓްރީ އިން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ގިނަ ބަޔަކަށް ފުރުސަތު ދިނުމަށްޓަކާ އެލަވަންސަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ހަމަޖެހިފައި އޮތްގޮތުން މެއި މަހުގެ އެލަވެންސަށް އެދި ހުށަހެޅޭނީ މިއަދުގެ ނިޔަލަށެވެ. އެކަމަކު މިއަދު މުއްދަތު އިތުރު ކުރި ވަކި ތާރީޚެއް އެ އިއުލާނަކު ހާމަކޮށްފައެއް ނުވެއެވެ.
އާމްދަނީއަށް އަސަރު ކޮށްފައިވާ މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވަނީ 5،000 ރުފިޔާގެ ގެ އެލަވަންސެކެވެ. މި އެލަވަންސަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ ޖޮބް ސެންޓަރު މެދުވެރިކޮށެވެ. ސަރުކާރުން މި އެލަވެންސް ދޭން ނިންމާފައިވަނީ އޭޕްރިލް، މެއި އަދި ޖޫން މަހަށެވެ.
މީގެ ތެރެއިން އޭޕްރިލް މަހުގެ އެލަވެންސަށް އެދޭ މުއްދަތު ހަމަވެފައިވާއިރު ފޯމު ލިީ ބައެއް މީހުންނަށް އެލަވަންސް ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އިންކަމް ސަޕޯޓް އެލަވެންސް ލިބޭ މީހުންގެ ތެރޭގައި ކޯވިޑް-19 ގެ ސަބަބުން ވަޒީފާ އިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން) ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު