މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ބަރަހަނާ މަންޒަރުތައް ފެންނަ ވީޑިއޯތަކާއި ފޮތޯތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ކުރިއަށް ނުގެންދަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފިއެވެ.
ބަރަހަނާ ވީޑިއޯތަކާއި ފޮތޯތަކުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި ދެ މައްސަލައެއް ވަނީ ހުށައަޅާފައެވެ. އެ މައްސަލަތައް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު މުޙައްމަދު ޝިޔާމާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ)އެވެ.
ނަމަވެސް ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދައުރުވަމުންދާ ފޮޓޯތަކުގެ ސައްޙަކަން ކަށަވަރުވެފައި ނުވާކަމަށާއި ފުލުހުން ތަހުޤީޤު ކުރަމުންދާ ތުހުމަތެއްގެ މައްޗަށް މަޖިލީހުގައި ބަހުސްކުރުމަށް ފުރުސަތު ދޭންޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އެއީ އަސްލު ކަމަށް ބަލާ، އެކަމާ ގުޅޭ ގޮތުން މި މަޖިލީހުގައި ބަހުސް ކުރަން ޖާގަ އޮތް ކަމަކަށް އަޅުގަނޑު ނުދެކެން" ރައީސް ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން ބަރަހަނާ ފޮޓޯގެ ޗެއިން އޮފް ކަސްޓަޑީ ދެނެނުގަނެ، އެހެން މީހެއްގެ އަބުރާ އިއްޒަތަށް ގެއްލުން ލިބޭ ގޮތަށް އެއްވެސް ކަމެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކުރުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލަތައް ތަޅުމަށް ހުށައެޅުމުގެ ފުރުސަތު ރައީސް ނަޝީދު ދެއްވާފައެއް ނުވެއެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެންބަރުން ވަނީ މަޖިލީހުގައި މިއަދު ހިތްހަމަނުޖެހުން ފާޅުކުރަށްވާފައެވެ. އަދި އިދިކޮޅުގެ ފަސް މެންބަރުން ވަނީ ރިޔާސަތުގެ ކުރިމައްޗަށް އެއްވެ، ކުއްލި މައްސަލަ ބަލައިނުގަތުމުން އެކަމާ ދެކޮޅަށް އަޑުއުފުއްލަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު