ޔޫތު މިނިސްޓަރު މަހްލޫފް އަދި އިންޑިއާ ހައިކޮމިޝަނަރު މުނޫ (މ) ޔޯގާ ހައްދަވަނީ
ޔޫތު މިނިސްޓަރު މަހްލޫފް އަދި އިންޑިއާ ހައިކޮމިޝަނަރު މުނޫ (މ) ޔޯގާ ހައްދަވަނީ
ޔޯގާ ދުވަހާ ގުޅޭގޮތުން ފުލުހުންނަށް ސިޓީއެއް ފޮނުވާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިހާރު ޢާއްމުވެފައިވާ ސިޓީއަކީ ދުނިޔޭގެ ޔޯގާދުވަސް ފާހަގަކުރުމުގެ ޙަރަކާތްތަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށެވެ. އޭގެ އިތުރުން އެސިޓީގައިވާ ފަތުވާއަކީ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ ފަތުވާއެއްކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

"އެ ސިޓީގައި ހިމެނިފައިވާ ފަތުވާ ނެރެފައިވަނީ މި މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާޢަތުތަކާއި ޚިލާފަށްކަމުގައި ދަންނަވަމެވެ." އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.



އިސްލާމިކް މިނިސްޓްރީން ބުނީ ޔޯގާގެ ޝަރުޢީ ޙުކުމާމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށްފަހު އެކަން ޢާއްމުކޮށް އިޢުލާނު ކުރާނެ ކަމަށެވެ.

ޔޯގާއާއި ބެހޭ ގޮތުން މިނިސްޓްރީން ސިޓީއެއް ނުފޮނުވާ ކަމަށް ބުނި ނަމަވެސް އެ ސިޓީއާއި ބެހޭ ގޮތުން މިނިސްޓްރީގެ ބަޔާނުގައި ދައްކާފައިވާ ވާހަކަ ތަކަށް ބަލާއިރު އެފަދަ ސިޓީއެއް ކޮންމެވެސް ސިފައެއްގައި މިނިސްޓްރީން ބޭރުވެފައިވާކަން ބަޔާނުން ދޭހަވެއެވެ.



ކިޔުންތެރިންގެ ހިޔާލު