ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ
ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ
ސިޔާސީ ކަންކަމާ ގުޅިގެން ދަރިންނާ ބެހުން ހުއްޓެންޖެހޭ ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިއަދު ވަނީ އެކަމަނާއަށް މީހަކު ފޮނުވާފައިވާ ޓެކްސްޓް މެސެޖްތަކެއްގެ ސްކްރީން ސޮޓް މީސްމީޑިއާގައި ޢާއްމުކުރަށްވާފައެވެ. އެމެސެޖުގައި ސުވާލުކޮށްފައިވަނީ މާރިޔާގެ ފިރިހެން ދަރިފުޅުގެ ވީޑިއޯއެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރާކަމަށް ދެކެވޭ ވާހަކައިގެ ޙަޤީޤަތާ މެދުގައެވެ.

މި މެސެޖުގެ ޖަވާބުގައި މާރިޔާ ވިދާޅުވެފައިވަނީ އެއީ ދޮގެއް ކަމަށާއި އެއްވެސް މީހަކު އެކަމަނާގެ ދަރިއަކު ބްލެކްމެއިލް ކޮށްގެން ނޫޅޭ ކަމަށެވެ. އަދި އެބުނާ ޒާތުގެ ވީޑިއޯއެއްވެސް ނޯންނާނެ ކަމަށް މާރިޔާ ވިދާޅުވެފައިވެއެވެ.

މާރިޔާ މިއަދު ވިދާޅުވީ ސިޔާސީ ކޮންމެ ކަމެއްގެ ތެރެއިން އެކަމަނާގެ ދަރިންނޭ ކިޔައިގެން ހެޑްލައިނެއް ހެދޭތޯ ބަޔަކުމީހުން މަސައްކަތްކުރާ ކަމަށާއި މިއީ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ އަންހެނުންނަށް ކުރާ ދުއްތުރާލެއް ކަމަށެވެ.

"ސިޔާސީ ސަބަބައްޓަކާ ދަރިންނާ ބެހުން އެބަ ހުއްޓާލަންޖެހޭ." މާރިޔާ ވިދާޅުވެފައިވެއެވެ.



ރާއްޖޭގެ ގިނަ ފިރިހެނުންތަކާ އެއްޖިންސުން ގުޅުން ހިންގާފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރީ ކިޔާ 25 އަހަރުގެ މީހާ ފުލުހަށް ޙާޟިރުކޮށް ބަޔާން ނެގުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

އޭނާއާއެކު ގިނަ ޢަދަދެއްގެ މީހުން ގުޅުންހިންގާފައިވާކަމަށް އަޑުފެތުރިފައިވާއިރު އެކަމާގުޅިގެން ގިނަ ޢަދަދެއްގެ ތަންތަން ފުލުހުންގެ އިދާރާއިން މިހާރުވަނީ ބަލާ ފާސްކޮށްފައެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ މީހާ އެޢަމަލު ހިންގުމަށް ބޭނުންކުރި އެޕާޓްމަންޓްވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު