ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ "ތައްޔާރު" ޖަލްސާ މާދަމާރޭ އޮންނާނެކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

"ތައްޔާރު" ގެ ނަމުގައި ބާއްވާ ޖަލްސާ އޮންނާނީ މާދަމާރޭ 8:30 ގައި ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މާފަންނު ކުނޫޒްގައި ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ހާމަކޮށްފައެވެ.

ޖުމްހޫރީ ޕާޓީން ބުނީ މި ޖަލްސާގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ޖޭޕީންވަނީ މި ޖަލްސާގައި ވީހާވެސް ގިނަ ޢާއްމު މެންބަރުން ބައިވެރިވުމަށް އެދިފައެވެ.

ޖޭޕީން ބޮޑު ޖަލްސާއަކަށް އިޢުލާނު ކޮށްފައިވާއިރު އެޕާޓީން ދަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށްވެސް ތައްޔާރުވަމުންނެވެ. ނަމަވެސް އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ގޮތެއް އަދި ކަނޑައަޅާފައިނުވާކަމަށް ޖުމްހޫރީ ޕާޓީން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ނުރަބޯ

01-Jul-2022

އަދިވެސް ގާސިމުގެ ހިތް ނުފުރެނީބާ؟