ދިވެހިރާއްޖެ ބަނޑަށް ޖެހޭނެނަމަ ޕީޕީއެމްގެ ވެރިކަމުގައި އެކަން އޮންނާނީ ވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިމޭރުމުން ވިދާޅުވެފައިވަނީ އިދިކޮޅު ޕީއެންސީގެ ނައިބުރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސުޖާއު ދިވެހިރާއްޖެ ތެލައްޖެހެން ދެން މާދުވަހެއްނެތްކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ސުޖާއު ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ އަތުގައި ހުރި ފައިސާ ކޮޅު ފަހަށް ރައްކާކުރަން ޖެހޭކަމަށާއި ކުރިއަށްއޮތީ ދަތި ދުވަސްކޮޅެއްކަމަށެވެ.
"އުއްބައްތި ހޯދާފަ ބަހައްޓާ!" ސުޖާއު ވިދާޅުވެފައިވެއެވެ.
ސުޖާއުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަލްހާން ވިދާޅުވީ ސުޖާއު ވިދާޅުވާ ޙާލަތަށް ރާއްޖެ އަދި ނުދާކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ކޮރަޕްޝަނާއި ވައްކަމާއެކުވެސް ރާއްޖެ ބަނޑަށް ނުޖެހޭ ކަމަށެވެ. އެހެންކަމުން މިއަދު ރާއްޖެ ބަނޑަށް ނުޖެހޭނެ ކަމަށް އަލްހާން ވިދާޅުވިއެވެ.
"ދިވެހިރާއްޖެ ބަނޑަށް ޖެހޭނެނަމަ ތިޔަ ބޭފުޅުންގެ ސަރުކަރުން ހިންގިހާ ކޮރަޕްޝަނާ ވައްކަމާ އެކީ އެކަން ވީސް!" ސުޖާއަށް ރައްދު ދެއްވަމުން އަލްހާން ވިދާޅުވިއެވެ.
ދިވެހިރާއްޖެ ތެލައްޖެހެން ދެން މާދުވަހެއްނެތްކަމަށް ސުޖާއު ވިދާޅުވެފައިވާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތީ، ރާއްޖޭގައި ވިއްކާ ތެލުގެ އަގުވެސް މިހާރުވަނީ ބޮޑުތަނުން މައްޗަށް ޖެހިފައެވެ. އެގޮތުން މިއަހަރު ފެށުނުފަހުން ރާއްޖެއިން ވަނީ ތެލުގެ އަގަށް 4 ފަހަރު ބަދަލު ގެނެސްފައެވެ.

ދިވެހިރާއްޖެ ބަނޑަށް ޖެހޭނެނަމަ ތިޔަ ބޭފުޅުންގެ ސަރުކަރުން ހިންގިހާ ކޮރަޕްޝަނާ ވައްކަމާ އެކީ އެކަން ވީސް!
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) June 27, 2022
އަދި އެހިސާބަކަށް ނުދޭ! https://t.co/kueyH691au
ދިވެހިރާއްޖެ ތެލައްޖެހެން ދެން މާދުވަހެއްނެތްކަމަށް ސުޖާއު ވިދާޅުވެފައިވާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތީ، ރާއްޖޭގައި ވިއްކާ ތެލުގެ އަގުވެސް މިހާރުވަނީ ބޮޑުތަނުން މައްޗަށް ޖެހިފައެވެ. އެގޮތުން މިއަހަރު ފެށުނުފަހުން ރާއްޖެއިން ވަނީ ތެލުގެ އަގަށް 4 ފަހަރު ބަދަލު ގެނެސްފައެވެ.
ކިޔުންތެރިންގެ ހިޔާލު