ވިލިމާލޭ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ވިލިމާލޭގައި ހުންނަ "އިހުސާން ވިލި" ކިޔާ ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ވިލިމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 05:00 ހާއިރު ކަމަށާއި ފަތިހު 05:25 ހާއިރު އެތަނުގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން