ރާއްޖެއިން ޗައިނާ އާއިއެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެދަށުން އެއްވެސް މުއާމަލާތެއް މިހާތަނަށް ކޮށްފައިނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، 18 ވަނަ މަޖިލީހުން ޗައިނާ އާއި އެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދާފައިވީ ނަމަވެސް އެ ގްރިމެންޓްގެ ދަށުން ކުރަންޖެހޭ އެއްވެސް ކަމެއް މިހާތަނަށް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އެގްރިމެންޓް ދެމި އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ އެ އެގްރިމެންޓާ މެދު މަޖިލީހުން ކޮންމެވެސް ގޮތެއް ނިއްމަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
"ހަގީގަތުގައި އެ އެއްބަސްވުން ދެމިއޮތް ކަމަކަށް އެއްގޮތަކަށްވެސް ދެކެވޭކަށް ނެތް. އެހެން ނަމަވެސް ކޮންމެވެސް އިރަކުން މި އިއްޒަތްތެރި މަޖިލީހުން މިކަން ކޮންމެެސް ގޮތަކަށް ނިންމާ ދިނުމަކީ އަޅުގަނޑު ހިތުން ބޭނުންތެރި ކަމެއް." ނަޝީދު ވިދާޅުވެފައިވެއެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނީ އެ އެއްބަސްވުން އުވާލަން ނޫޅޭ ކަމަށެވެ.
އެމިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖޭގެ މަހުގެ އުފެއްދުންތައް އެއްވެސް ޑިއުޓީ އަކާ ނުލައި ޗައިނާ އަށް އެކްސްޕޯޓު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
މި އެއްބަސްވުމަކީ ރައީސް ނަޝީދު އަބަދުވެސް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ އެއްބަސްވުމެކެވެ. ޚާއްޞަކޮށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުތަކުގައި ޗައިނާއަށް ފާޑުވިދާޅުވާއިރު މި އެއްބަސްވުމާއި ދެކޮޅަށް ވަރަށް ބޮޑަށް ދެއްކޮޅު ހައްދަވާ ވާހަކަ ދައްކަވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު