ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
އިދިކޮޅު ޕާޓީތަކުން ޔޯގާގެ ނަމުގައި ދައްކަނީ ސިޔާސީ ވާހަކަތަކެއް ކަމަށާއި ބޭނުމަކީ ވެރިކަމަށް އަންނަން ޖާގަ ހޯދުންކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ޔޯގާގެ މައްސަލައަކީ ސީދާ ސިޔާސީ ބޭނުމެއްގައި ވެރިކަން ހޯދުމަށް ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި މިއީ 2014 އިން ފެށިގެން ފާހަގަކުރަމުން އައި ދުވަހެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި މީގެ ކުރިން ނުކުރާ އައުކަމެއް މިއަހަރުވެސް ނުކުރާ ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ގެންދިޔަ ވަގުތު ލައިގެން ތިބި ޓީޝާޓުގައި އިން ލޯގޯވެސް މައްސަލައަކަށް ވެފައިވާ ކަމަށާއި ނަމަވެސް 2016 ވަނަ އަހަރު ބޭނުންކުރި ލޯގޯ މާ ބޮޑު ކަމަށްވެސް މަޙްލޫފް މިއަދު ވިދާޅުވިއެވެ. އަދި މިކަމާގުޅިގެން ދައްކާ ވާހަކަތަކާއި އަމަލާވެސް ދިމާނުވާ ކަމަށް މަޙްލޫފް މިއަދުވަނީ ވިދާޅުވެފައެވެ.

މަޙްލޫފް މިއަދު ވިދާޅުވީ މީ ސިޔާސީ ބޭނުމެއްގައި ބަޔަކު އޮޅުވާލުމާއި، ގެއްލުން ދިނުމުގެ މަގުސަދުގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެކަމަށް ސާފު ފަތުވާއެއް ލިބުމުން މިނިސްޓްރީން އިތުރަށް އެކަމާ ނޫޅޭނެ ކަމަށްވެސް މަޙްލޫފްވަނީ ވިދާޅުވެފައެވެ.

"މިއީ ވަކި ސިޔާސީ ބޭނުމެއްގައި ކަނޑައެޅިގެން ބަޔަކަށް އޮޅުވާލައިގެން ގެއްލުންދޭ އުސޫލުން ރާވަމުން އަންނަ ކަމެއް. އަޅުގަނޑު ވަރަށް ސާފުކޮށް ބުނަން ބޭނުންވަނީ، ޔޯގާ އާއި މިއުޒިކާއި، ދެން އޮތް ކަމަކާއި، ދެން އޮތްކަމަކާ، މިއީ ހަރާމްކަމެއްކަމަށް އަޅުގަނޑުމެން ކައިރީ ސާފުކޮށް ބުނީމަ އެކަމަކާ އަޅުގަނޑުމެން ނޫޅޭނަން." މަޙްލޫފް ވިދާޅުވިއެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގައި މީހުންނަށް ހަމަލާދީ މުދަލަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ނުރަބޯ

01-Jul-2022

ބަލަގަ ޔޯގާ އަކީ ރޯގާއެއް.


-1

ވެރިކަން

01-Jul-2022

މަޚުލޫފު ހިތުން މިގައުމުގާ ފާދިރީންގެ ކަންތައްތައް ކުރުމަކީ މާމޮޅުކަމެއްތޯ? ތި ކިއާޔޯގާއަކާ ދެކޮޅަށް ބަހެއްބުނާ ކޮންމެ މީހަކީ ވެރިކަން ބޭނުން ވެގެން އުޅޭ މީހެއްތަ? މަޚުލޫފަކީ ހާދަ ގޮތްކުޑަ މީހެކޭދޯ, އިސްލާމްދީނުގެ ދިފާއުގާ މިގައުމުން މީގެ ކުރީން ވެސް އެތައް މުޖާހިދުންނެއް ވަނީ ޖިހާދު ކޮށްފާ އެއީވެސް ހަމަ ވެރިކަން ބޭނުން ވެގެންތޯ??



ޓްރެންޑިން