ޑރ މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް
ޑރ މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް
ސަރުކާރަށް ތާއީދުކުރުމާމެދު ދެވަނަ ވިސްނުމަކަށްދާން މަޖުބޫރުވެއްޖެ ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިއަދު ވިދާޅުވީ ދިވެހިރާއްޖޭގައި ހިނގާ އެންމެހައި މުންކަރާތްތައް މަނާކުރުމުގެ އެންމެ އިސްފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށެވެ. އެހެންކަމުން ޔޯގާގެ ނަމުގައި ބޭއްވި ބޮޑު މުންކަރާތް ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މަސައްކަތްކޮށްފައި ނުވާކަމީ ފުރިހަމަ ގޮތުގައި ޒިންމާ އަދާނުކުރާކަމުގެ ހެއްކެއް ކަމަށް އިޔާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން ޔޯގާގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ މަޙްލޫފް ދެއްކެވި ވާހަކަތަކާ ގުޅިގެންވެސް އިޔާޒްވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އިޔާޒު ވިދާޅުވީ، އޭނާއަކީ މިހާރުގެ ސަރުކާރު ދެމިއޮތުމަށް ވަރަށް އެދިއެދި ހުރި މީހެއް ކަމަށެވެ. ނަމަވެސް އެ ވިސްނުން މިހާރު ބަދަލުކުރަން މަޖުބޫރުވެއްޖެ ކަމަށް ވިދާޅުވިއެވެ.

"ޔޯގާގެ ކަންތަކުގައި ގެންގުޅުއްވި ބޯހަރު ލާއިންސާނީ ސިޔާސަތުގެ ސަބަބުން ދެވަނަ ވިސްނުމަކަށްދާން މަޖުބޫރު ވެއްޖެ." އިޔާޒު ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ، މީގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކޮށްފައިވާ ކަމަށާއި މިހާރު ޔޯގާއާ ދެކޮޅަށް އަޑު އުފުލަނީ ވަކި ސިޔާސީ ބޭނުމެއްގައި ބަޔަކަށް އޮޅުވާލައިގެން ގެއްލުންދޭ އުސޫލުން ކަމަށެވެ.

މި މަހުގެ 21 ވަނަ ދުވަހު ރާއްޖޭގައި އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި އިވެންޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ ޔޯގާ ވިޔަސް، މިއުޒިކް ވިޔަސް އެ ކަމަކީ ހަރާމް ކަމެއްކަން ސާފުކޮށް ކަނޑައަޅައި ބުނުމުން އެކަމެއް ޔޫތު މިނިސްޓްރީން ނުކުރާނެ ކަމަށެވެ. އެކަމަކު ހިލާފު އުފެދިފައިވާ ކަމެއްގައި ވަކި ޝައިހަކު އެއީ ހަރާމް ކަމެއް ކަމަށް ބުންޏަސް ގަބޫލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން