ކުރީގެ އިކޮންމިކް މިނިސްޓަރު މުހަންމަދު ސައީދު
ކުރީގެ އިކޮންމިކް މިނިސްޓަރު މުހަންމަދު ސައީދު
ޗައިނާ އާއި އެކު ވެފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބޭނުން ހިފައިފިނަމަ ރާއްޖޭގައި ޓޫރިޒަމް އާއި ވާދަކުރެވޭނެ އެހެން ސިނާއަތެއް އުފެދިގެންދާނެ ކަމަށް ކުރީގެ އިކޮންމިކް މިނިސްޓަރު މުހަންމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކުރީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.  ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެ އެއްބަސްވުން ދެމިއޮތްކަމާ މެދު ވެސް ސުވާލު އުފައްދަވައި އެ އެއްބަސްވުމާއި ގުޅޭގޮތުން ކޮންމެ ވެސް ގޮތެއް މަޖިލީހުން ނިއްމައިދިނުމަށް އެދިވަަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އަކީ ބިޔަ ކަނޑު އޮތް ގައުމެއް ކަމަށާއި، މިނިވަން ވިޔަފާރީގެ ބޭނުން ހިފައިފިނަމަ ރާއްޖޭގެ ފަތުރުވެރިކަމުގެ ސުނާޢަތާއި ވާދަކުރެވޭނެ ދެވަނަ ސިނާއަތެއް ރާއްޖޭގައި އުފެދިގެންދާނެ ކަމަށެވެ.

"ސީފުޑް އިމްޕޯޓް ކޮށް ޕެކް ނުވަތަ ރީޕެކް ކޮށް އެކްސްޕޯޓް ކުރެވޭނެ" މިނިވަން ވިޔަފާރީގެ ފައިދާ ހޯދޭނެ ގޮތްތަކާއި ބެހޭގޮތުން ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ސީފުޑްގެ ހަބަކަށް ހެދޭނެ ކަމަށާއި، އެކަމަށް ބޭނުންވަނީ ހުރަސްތައް ނައްތާލެވިފައިވާ ބޮޑެތި ކޮންސިއުމަރ މާކެޓްތައް ކަމަށެވެ.

"ގައުމުތަކާއި ހަނގުރާމަ އިއުލާނު ނުކޮށް ވިޔަފާރި އަށް އިސްކަންދެއްވާ! މަޖިލީހާއި ސަރުކާރަށް ވެސް ބާރު ދެނީ ރައްޔިތުން." ސައީދު ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ބުނާގޮތުން ރާއްޖޭގެ މަހުގެ އުފެއްދުންތައް އެއްވެސް ޑިއުޓީ އަކާ ނުލައި ޗައިނާ އަށް އެކްސްޕޯޓު ކުރެވޭނެ އެވެ. އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް އައިސް އިގްތިސާދު ހަލުވި މިނުގައި ކުރިއަރާނެ ކަމަށާއި، އެގޮތުން އާ މާކެޓްތައް އުފެދި ދިވެހި ވިޔަފާރިތަކަށްވެސް ފުރުސަތުތައް ލިބިގެންދާނެ ކަމަށް ރައީސް ޔާމިންގެ ސަރުކާރުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން