އައްޑޫ ސިޓީގެ މަގެއްގެމަތިން ހޮވި ފައިސާތަކެއް ފުލުހުންނާއި ހަވާލުކޮށް ބިދޭސީއެއްގެ އަމާނާތްތެރިކަމާއި ތެދުވެރިކަން ހާމަކޮށްދީފިއެވެ. ފުލުހުން މިހާރުވަނީ ވެރިފަރާތާއި މިފައިސާތައް ހަވާލުކޮށްފައެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގައި ދިރިއުޅޭ ބިދޭސީއަކު އެސިޓީގެ މަގެއްގެ މަތިން 100،000 ރުފިޔާ ހޮވާފައިވާ ކަމަށާއި، އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ގޮސް އެ ފައިސާތައް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަނާއި ޙަވާލުކޮށްފައިވާ ކަމަށެވެ.
ފައިސާތަކުގެ ވެރިފަރާތް ޔަޤީން ކުރުމަށް ފަހު އާދިއްތަ ދުވަހުގެ މެންދުރު އެ ފައިސާތައް ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފައިސާގެ ވެރިފަރާތަކީ ވިޔަފާރިވެރިއެއް ކަމަށާއި، މަގުމައްޗަށް ފައިސާތައް ވެއްޓިފައި ވަނީ އޭނާއަށް ނޭނގި ކަމަށް ފުލުހުން ބުނެއެވެ.
މި ފައިސާތައް ފެނިފައި މިވަނީ ވެރިފަރާތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ވަނީ މި ފައިސާ ހޮވައިގެން ގެނަސް ހަވާލުކުރި މީހާގެ އިހްސާންތެރިކަމަށް ތައުރީފުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު