ބްލެކްމެއިލްކުރުމުގެ މައްސަލަ ބަލަން ބޭރު ބައެއްގެ އެއްވެސް އެހީއެއް ނުހޯދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައި މިވަނީ މިހާރު ފެންމަތިވެގެން އުޅޭ ވީޑިއޯތަކުގެ މައްސަލައިގައި އިންޑިއާގެ ސަލާމަތީ ހިދުމަތްތަކުގެ ޓީމެއް ރާއްޖެ އައިސްގެން އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.



ފުލުހުން ބުނެފައިވަނީ ލީކުވެގެން އުޅޭ ވީޑިއޯތަކުގެ މައްސަލައާއި ބްލެކްމެއިލްކުރުމުގެ މައްސަލަ ތަހުޤީޤްކުރުމުގައި ބޭރުގެ އެއްވެސް ތަހުޤީޤީ އިދާރާއެއްގެ އެހީ ނުހޯދާކަމަށެވެ. އަދި އެމައްސަލަތައް ތަހުޤީޤްކުރަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.



ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލީކުވެގެން އުޅޭ ވީޑިއޯތަކުގެ މައްސަލައިގައި އިންޑިއާގެ ސީބީއައިގެ ޓީމެއް ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން