އިމިގްރޭޝަންގެ ހުރިހާ ޚުދުމަތެއް އޮންލައިންކޮށް މިއަދުން ފެށިގެން ހަފުތާގެ ހަތް ދުވަހުވެސް ވޯކް ވިސާއަށް އެދި ހުށަހެޅޭ ގޮތް ހަމަޖައްސައިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް މީގެ ކުރިން ސަރުކާރު ރަސްމީ ދުވަސްތަކުގައި ވިސާއަށް އެދި ހުށަހެޅުނު ނަމަވެސް މިއަދު ގެނައި ބަދަލާއެކު ހަފްތާގެ ކޮންމެ ދުވަހަކުވެސް، ކޮންމެ ވަގުތަކުވެސް ވިސާއަށް އެދި ހުށަހެޅޭނެ ކަމަށެވެ.
މިއަދު ގެނައި ބަދަލުތަކާއެކު ވިސާއާ ގުޅޭ ހުރިހާ ހިދުމަތެއް އޮންލައިން ކުރެވިފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. ވިސާ ޖެހުމަށްޓަކައި ޕާސްޕޯޓް ދޫކުރެވޭނީ އާންމު ޚިދުމަތްތައް ދިނުމަށް ސަރުކާރުގެ އޮފީސް ތައް ހުޅުވުމުން ކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ.
ބިދޭސީ މަސައްކަތްތެރިން ރާއްޖެ އައުމަށްފަހު އެންމެ ފުރަތަމަ ދައްކަންޖެހޭ ވިސާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމުވެސް މިއަދު ވަނީ ހަމަޖައްސައިފައެވެ. މީގެ ކުރިން މި ފީ ދައްކަންޖެހެނީ މީރާއަށް ގޮސްގެން ކަން ފާހަގަކޮށްލެވެއެވެ

ކިޔުންތެރިންގެ ހިޔާލު