ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދިޔަ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރަމުންދިޔަ އަސަރުތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ދިރާސާކުރުމަށް ފަހު އެކަންކަމާއި ގުޅޭގޮތުން މަޖިލީހުން ދެކޭގޮތުގެ ލަފާ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް އަރުއްވައިފިއެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅޭ ގޮތުން އަޅަމުންދިޔަ ފިޔަވަޅުތަކާމެދު މަޖިލީހުން ދެކޭގޮތުގެ ލަފާ ރައީސް ސޯލިހަށް އެރުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެލަފާ ހަވާލު ކުރެއްވުމަށްފަހު ރައީސް ނަޝީދު ރައީސް ސޯލިހާއި ބައްދަލުކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކޯވިޑްގެ ހާލަތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުންތައް ޤަބޫލުފުޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
"އަޅުގަނޑު މިއަދު 12 ޖަހާއިރު ރައީސް އަރިހަށް މިއާއެކު ދާން އެބައޮތް. އެހެންވީމާ މެންބަރުން ކުރައްވާފައިވާ މަސައްކަތް، އެ ލަފާ އެރުވުމަށް މި ޚުލާސާ އަޅުގަނޑު މިއަރުވަނީ. ދެން އެހެންނަމަވެސް ތިޔަ މެންބަރުން ނިންމެވި ހުރިހާ ނިންމެވުންތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ރައީސްގެ އަތްޕުޅަށް އެރުވޭނެ. އަދި ރައީސް އަޅުގަނޑަށް ޔަޤީންކަން އަރުވާ އެއީ ސަރުކާރު ހިންގުމުގެ "ގައިޑިން" ނުވަތަ މަގު ދައްކާދޭނެ ކަރުދާހެއްގެ ގޮތުގައި. ނިންމުންތަކެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް." ބައްދަލުވުމުގެ ކުރިން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޯވިޑާއި ގުޅޭ ކަންކަން މަޖިލީހުގެ 14 ކޮމިޓީއަކުން ދިރާސާކޮށްފައިވާއިރު މިހުރިހާ ރިޕޯޓެއްގައި 1500 ޞަފުޙާ ހިމެނޭކަމަށާއި، ހުރިހާ ރިޕޯޓެއްގައި 300 އަށް ވުރެ ގިނަ ހޯދުންތައް އެބަހުރި ކަމަށް ވެސް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ އެކި ކޮމިޓީތަކުން ވަނީ ކަމާގުޅުން ހުރި އެކި ކަންކަމާއި ގުޅިގެން ރައްޔިތުންނަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޟިރުކޮށްގެން މައުލޫމާތު ސާފުކޮށްފައެވެ. އަދި އެކަންކަމުގެ ރިޕޯޓުތައް މަޖިލީހަށް ހުށަހަޅާ އިޞްލާޙުތައް ގެނެސް މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު