ޔޫއޭއިން ރާއްޖެ އަށް މީގެ ކުރިން ދިން 771 މިލިއަން ރުފިޔާގެ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޔޫއޭއިން ރާއްޖެ އަށް މީގެ ކުރިން ދިން 771 މިލިއަން ރުފިޔާގެ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކޯވިޑް-19 އަށް ޓެސްޓު ކުރާ ޕީސީއާރު މެޝިނަކާއި އެ އަށް ބޭނުންވާ ކިޓްތަކާއި އެހެންވެސް ބައެއް މުހިއްމު ސިއްހީ އާލާތްތައް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ފޮރިން މިނިސްޓްރީ އިން ހާމަކުރިގޮތުގައި ކޯވިޑް-19 އަށް ޓެސްޓު ކުރާ ޕީސީއާރު މެޝިނާއި އެހެން ތަކެތި މިއަދު ރާއްޖެއަށް ގެނެސްފައިވާ ކަަމަށާއި އެ ތަކެތީގެ ޖުމުލަ އަގު 77.3 މިލިޔަން ރުފިޔާ އަަށް އަރާ ކަމަށެވެ.

ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ޔޫއޭއީގެ ސަރުކާރުން ދިން އެހީގެ އެ ތަކެތި ރާއްޖެއަށް ގެނައީ އެ ގައުމުގެ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓެއްގައެވެ. ޔޫއޭއީން ހަދިޔާކުރި ޕީސީއާރު މެޝިނަކީ ގަޑިއަކު 96 ސާމްޕަލް ޕްރޮސެސް ކުރެވޭ ފެންވަރު ރަނގަޅު މެޝިނެއް ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ މި ދަތި ވަގުތު ވެސް ޔޫއޭއީގެ ސަރުކާރުން ދިން ބޮޑު އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ގައުމުގެ ސަރުކާރަށް ހާއްސަ ޝުކުރެއް ވަނީ އަދާކުރައްވާފައެވެ.



ޔޫއޭއީ އިން ހަދިޔާ ކުރި ތަކެތި:

- ދެ ރިއަލް ޓައިމް ޕީސީއާރް ސިސްޓަމް

- ޕީސީއާރް އެކްސްޓްރެކްޝަން މެޝިނެއް

- 30،000 ޕީސީއާރް ޑަަޔަގްނޯސްޓިކް ކިޓް

- 75،000 ޕާސަނަލް ޕްރޮޓެކްޝަން ގައުންސް (ޑިސްޕޯސަބުލް)

- 10،000 ފޭސް ޝީލްޑް

- 2.5 މިލިއަން ސާޖިކަލް މާސްކް

-225،000 ކޭއެން 95 މާސްކް

100،000 ފުޅި ސެނިޓައިޒާ

ފޮރިން މިނިސްޓްރީން ބުނީ ޔޫއޭއީ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ގާބިލުކަން އިތުރު ކުރެވި، ޓެސްޓް ކުރެވޭ އަދަދު ވެސް ގިނަވާނެ ކަމަށެވެ. މިއީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީ، "ނިއު ނޯމަލް" އާ ދިމާއަށް ރާއްޖެ އިން މިސްރާބު ޖަހާފައިވާ މިވަގުތު ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ފާހަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޖައުފަރު

09-Jun-2020

އަސްލު ވަރަށް ހެޔޮއެހީ އެއް ޝާހިދު ބައެއް ކައިނުލައިފިއްޔާކިތަންމެހާވެސް ރަނގަޅު



ޓްރެންޑިން