ރައްޔިިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ
ރައްޔިިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ
ރައްޔިތުންގެ މަޖިލީހުން އެރުވި ލަފައަކީ ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން ލިބުނު ގެއްލުންތަކާއި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ ޢާންމު ޙާލަތަކަށް ރުޖޫޢަވުމަށް ކަންކަން ބައްޓަންކުރަމުންދާއިރު ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދާއި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރަމުންއަންނަ އަސަރުތައް ކުޑަކޮށް، މި ބަލި ފެތުރުމުގެ ސަބަބުން ކުރިމަތިވާ އިޤްތިޞާދީ އަދި އިޖްތިމާޢީ މައްސަލަތަކުން އަރައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ސަރުކާރަށް ލަފާއެރުއްވުމަށް އެކުލަވާލައްވާފައިވާ ދިރާސާ ރިޕޯޓާއި ހަވާލުވެވަޑައިގަތުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން އެކުލަވާލައްވާފައިވާ މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާފައިވާ ވަރަށް ބުރަ މަސައްކަތްޕުޅެއްކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއީ ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން ލިބުނު ގެއްލުންތަކާއި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ ޢާންމު ޙާލަތަކަށް ރުޖޫޢަވުމަށް ކަންކަން ބައްޓަންކުރަމުންދާއިރު ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަންކަމުން އަރައިގަތުމުގައި ދައުލަތުގެ ހުރިހާ އިދާރާތަކާއި އަދި ވަކިން ޚާއްޞަކޮށް ދައުލަތުގެ އަނެއް ދެބާރުކަމަށްވާ ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް މުހިންމުކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ކުރިއަށް ހުރި މަސައްކަތްތައް ރާއްވަވާއިރު މަޖިލީހުގެ ކޮމެޓީތަކުން ދިރާސާ ކުރައްވައި އެކުލަވާލައްވާފައިވާ މި ރިޕޯޓްގައި ހުރި ކަންކަމަކީވެސް ގައިޑްލައިން އެއްގެ ގޮތުގައި ބައްލަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މި ޙާލަތާއި ގުޅިގެންނާއި އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ޤާނޫނީ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިހާރު ކުރަމުންދާ ބައެއް މަސައްކަތްތަކާއި އަދި ކުރިޔަށްހުރި މަސައްކަތްތަކާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ، ރައީސަށް އެ ރިޕޯޓު އެރުވުމުގެ ބޭނުމަކީ ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން އަަރައިގަތުމަށް ސަރުކާރުން ކުރަން ގަސްދުުކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މަޖިލީހަށް ފެންނަ ލަފައެއް ދިނުން ކަމަށެވެ. ރާއްޖެ އަށް މިހާރު ކުރިމަަތިވެފައިވާ މާލީ، އިގުތިސާދީ އަދި އިޖުތިމާއީ ދަތިކަމުގެ ތަފްސީލާއި ދައުލަތުގެ އާމްދަނީ ހުރިި ވަރުގެ ތަފްސީލު އެ ރިޕޯޓްގައި ހިމެނޭނެ ކަމަށް މަޖިލީހުގެ އިދާރާ އިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޙައްތު

09-Jun-2020

ގޭމްއޮފްއޮޅުވާލުން



ޓްރެންޑިން