ނޫސްވެރިންނަށް މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރި ހެއްކާބެހޭ ބިލު ބާތިލް ކަމަށާއި އެއްވެސް ބަޔަކަށް ޗާޓުން ބޭރުން ނުކުޅެވޭނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާލުވެއްޖެއެވެ.
45 އަހަރަށްފަހު ރާއްޖޭގައި ހެއްކާ ބެހޭ ޤާނޫނެއް އިއްޔެ ފާސްކޮށްފައިވާއިރު އެބިލުގައި ނޫސްވެރިން ޚަބަރު ފެތުރުމުގައި މަޢުލޫމާތު ހޯދާ މަސްދަރު ވަކި ޙާލަތްތަކެއްގައި ހާމަކުރަންޖެހޭ ގޮތަށް ވަނީ ހިމަނާއެވެ. ބިލުގެ އެ މާއްދާއަށް ފާޑު ވިދާޅުވަމުން މަޝްހޫރު ޤާނޫނީ ވަކީލް ޑރ. ޖަމީލް ވިދާޅުވީ އެއީ ޤާނޫނު އަސާސީގެ ރޫޙާ ޚިލާފު ބާތިލް މާއްދާއެއް ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ރައީސް މައުމޫން ކުރެއްވި ހުރިހާ ކަމެއް އެމްޑީޕީން މިހާރު އިއާދަކޮށްފައިވާ ކަމަށެވެ. އަދި މަޞްދަރު ހާމަކުރާ މާއްދާ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއާއި ޚިލާފު ކަމަށާއި އެހެންކަމުން އެކަން އޭގެ އަސްލަށް ރުޖޫޢަ ކުރެވޭނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"ގާނޫނު އަސާސީގެ 28 ވަނަ މާއްދާ ގާނޫނުގެ މައްޗަށް ޕްރިވެއިލްވާނެ. އަދި އެކަން ގއ ގެ 268 ވަނަ މާއްދާގައި ސާފުކޮށްދީފައިވޭ. ޗާޓުން ބޭރުން ނުކުޅެވޭނެ." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ ހުށަހަޅުއްވައި މަޖިލީހުން އިއްޔެ ފާސްކޮށްފައިވާ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށްވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ދަށުން މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް މަޖުބޫރު ކުރެވިދާނެ ކަމަށެވެ.

އެމްޑީޕީ #mdpމިއަދު ރައީސް މައުމޫނަށް ޖޯކުޖެހި ހުރިހާމެއް އިއާދަކޮށްފި .އެހެނަސް މަޞްދަރު ހާމަކުރާ ގާނޫނު ބާޠިލް. ގާނޫނު އަސާސީގެ 28 ވަނަ މާއްދާ ގާނޫނުގެ މައްޗަށް ޕްރިވެއިލްވާނެ . އަދި އެކަން ގއ ގެ 268 ވަނަ މާއްދާގައި ސާފުކޮށްދީފައިވޭ. ޗާޓުން ބޭރުން ނުކުޅެވޭނެ. pic.twitter.com/igoswVky4e
— Mohamed Jameel Ahmed (@MJameelAhmed) June 30, 2022
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ ހުށަހަޅުއްވައި މަޖިލީހުން އިއްޔެ ފާސްކޮށްފައިވާ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށްވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ދަށުން މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް މަޖުބޫރު ކުރެވިދާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު