ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީއަށާއި ޤައުމަށްވެސް އެންމެ ރަނގަޅުގޮތް ކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މި މޭރުމުން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެވަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީއަށްވެސް އަދި ޤައުމަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ. ޤައުމަށް ބޭނުންވަނީ ހަމަޖެހުން ކަމަށާއި ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ސަބަބެއް ނެތްކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
"ރަނގަޅު ހެޔޮ ލަފާ ވެރިޔަކު ލިބުމުން އެމީހަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް. ފެހި ޤާނޫނު އަސާސީއާއިއެކު އެންމެ އަމާން ވެރިކަމއއް ކޮށްދެއްވީ ރައީސް ޞާލިހު." ރޮޒެއިނާ ވިދާޅުވެފައިވެއެވެ.
"އާސްކު ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނު އެއްވެސް އިންތިހާބަކަށް ނިކުންނަވަނީ ނާކާމިޔާބު ވާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި އެމަނިކުފާނު އިންތިހާބެއްގައި ވާދަކުރައްވައިފިނަމަ ކާމިޔާބު ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ޞާލިޙް ވަނީ އިއުލާންކުރަށްވާފައެެވެ. ރައީސް ނަޝީދު ވެސް ވަނީ ރިޔާސީ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ އެމްޑީޕީން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާނަމަ އެމަނިކުފާނަކީ "ޗޮއިސް" އެއް ކަމަށެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަނެއްގެ ތެރެއިން ވާދަކޮށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

R @ibusolih dhevana dhaurakah hovumakee MDP ah ves adhi qaumah ves oi enme rangalhu goi. Rangalhu heyo lafaa veriaku libumun emeehakah dhevana dhaureh dheyn nujehey evves sababeh neiy. Fehi QA aa eku enme amaan verikameh kohdhevvee R Solih. Hamajehumah loabi kura verieh beynumee!
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) July 1, 2022
"އާސްކު ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނު އެއްވެސް އިންތިހާބަކަށް ނިކުންނަވަނީ ނާކާމިޔާބު ވާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި އެމަނިކުފާނު އިންތިހާބެއްގައި ވާދަކުރައްވައިފިނަމަ ކާމިޔާބު ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ޞާލިޙް ވަނީ އިއުލާންކުރަށްވާފައެެވެ. ރައީސް ނަޝީދު ވެސް ވަނީ ރިޔާސީ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ އެމްޑީޕީން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާނަމަ އެމަނިކުފާނަކީ "ޗޮއިސް" އެއް ކަމަށެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަނެއްގެ ތެރެއިން ވާދަކޮށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު