ރައްޔިތުންގެ މަިލިސް ޖަލްސާއެއް ކުރިއަށްދަނީ
ރައްޔިތުންގެ މަިލިސް ޖަލްސާއެއް ކުރިއަށްދަނީ
ރާއްޖޭގައި މުސާރައިގެ ގޮތުގައި ދޭނެ އެންމެ ކުޑަ އަދަދު އެކި ދާއިރާތަކަަށް ތަފާތުވާ ގޮތަށް 4،000 އާއި 8،000 ރުފިޔާ އަށް ކަނޑައަޅަން ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގެ ބިލްގައި ބުނެފައިވަނީ ވަޒީފާގެ ބާވަތްތައް ތިން ކެޓަގަރީއަކަށް ބަހާލައިގެން މިނިމަމް ވޭޖް ކަނޑައެޅުމަށެވެ. ބިލް ހުށަހަޅުއްވަމުން އިލްޔާސް ވިދާޅުވީ، މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެން މިނިމަމް ވޭޖް ކަނޑައެޅިދާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.

އެގޮތުން، ފުރަތަމަ ކެޓަގަރީއަށް 8،000 ރުފިޔާ އާއި 8،500 ރުފުޔާއާއި ދެމެދުގެ އަދަދެއް، ދެވަނަ ކެޓަގަރީއަށް 6،000 ރުފިޔާ އާއި 6،500 ރުފިޔާއާ ދެމެދުގެ އަދަދެއް އަދި ތިން ވަނަ ކެޓަގަރީއަށް 4،000 ރުފިޔާއާއި 4،500 ރުފިޔާއާ ދެެމެދުގެ އަދަދެއް ކަނޑައެޅިދާނެ ކަމަށް ސަރުކާރުން ދެކޭ ކަަމަށް އޭނާ ވިދާޅުވި އެވެ.

މިނިމަމް ވޭޖްގެ ގޮތުގައި އެ އަދަދުތައް ކަނޑައަޅަން ސަރުކާރުން ހުށަހެޅިޔަސް، އެ އަދަދުތައް ނިމޭނީ މަޖިލީހުން ކަނޑައަޅާ ގޮތަކަށެވެ. އިލްޔާސް ވިދާޅުވީ މަޖިލީހުން ބިލްގެ މަސައްކަތް ނިންމާ އިރު، ވަޒީފާ އަދާކުރާ މީހުންނާއި ވަޒީފާ ދޭ މީހުން އަދި ކަމާ ބެހޭ ޓެކްނިކަލް ބޭފުޅުންގެ ލަފާ ހޯދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސްކުރުމުގެ މަރުހަލާގައި ސަރުކާރަށް ނިސްބަތްވާ ޕާޓީގެ މެމްބަރުން ވަނީ ކޮމެޓީ މަރުހަލާގައި ގިނަ އިސްލާހްތަކެއް ގެންނަން ޖެހޭ ކަމަށް ފާހަގަ ކުރައްވާފައެވެ. ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމަށް މިހާރު ހުށައަޅާފައިވާ ބިލްގައި ވަޒީފާ ދޭ ފަރާތުން ވަޒިފާއާ ބެހޭ އެއްބަސްވުން ނުހަދާނަމަ ޖޫރިމަނާ ކުރަން ވަނީ ހުށައަޅާފައެވެ. އަދި ވަޒީފާގެ ޕްރޮބޭޝަންގެ މުއްދަތަކީ 6 މަސް ދުވަސް ކަމަށްވެސް ކަނޑައަޅާފައިވެއެވެ. ނަމަވެސް މި ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ 6 މަސް ދުވަހަކީ ދިގު މުއްދަތެއް ކަމަށް ވިދާޅުވެ މިހާރު އޮތް ގޮތަށް 3 މަސްދުވަސް ގޮތުގައި ޕްރޮބޭޝަން މުއްދަތު ބޭއްވުމަށް ތާއިދުކުރައްވާފައެވެ.

ނަމަވެސް ބައެއް މެމްބަރުން 6 މަސް ދުވަސް އެއީ އެންމެ ރަނގަޅު މުއްދަތު ކަމަށްވެސް ވިދާޅުވިއެވެ. މިބިލަށް ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ވިދާޅުވީ މިނިމަމްވޭޖް ދޭން ލާޒިމްކުރުމަށްފަހު އަންނަ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ޖެހޭ ގޮތައް އޮތުން ރަނގަޅު ކަމަށެވެ. ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ޕްރޮބޭޝަން މުއްދަތު ހަ މަސްދުވަހަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ތެރޭގައި ވަޒީފާގެ ހައްގުތައް ކަށަވަރުކޮށް ޔަގީންކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަލާމް ބުނުމުގައި މެޑިކަލް ލިޔުމަކާ ނުލާ މުސާރަ ލިބޭ ގޮތައް 30 ދުވަހުގެ ޗުއްޓީ ދޭން ލާޒިމްކުރުމަށް ހުށައަޅާފައި އޮތް ނަމަވެސް އެއީ އެންމެ ރަނގަޅުގޮތް ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށާއި އޭގެ ތެރެއިން 15 ދުވަހަކީ ޑޮކްޓަރުގެ މެޑިކަލް ސެޓްފިކެޓަކާއެކު ދޭ ޗުއްޓީއަކަށް ވާން ޖެހޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ވަޒީފާ ނެތް މީހުންނަށް އިނާޔަތެއް ދިނުމަށް ލާޒިމްކޮށް އާ ބާބެއް މި ބިލްގައި ހިމަނަން ފެނިވަޑައިގަންނަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން