ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ދައްކާ ވާހަކަތަކަކީ ހިޔާލު ފާޅުކުރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަޙްމަދު ޝަރީފް އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.

ރޭ ކުރިއަށް ދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މީހަކު ވަނީ "އިންޑިއާ އައުޓް" ކެމްޕެއިނަށް ސަރުކާރުން ހުރަސް އަޅައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުން އަންނައިރު އެކަމާ ރައީސް ނަޝީދު އެއްޗެއް ވިދާޅުނުވަނީ ކީއްވެތޯ އެމަނިކުފާނާ ސުވާލުކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ހަނިކުރަން މަސައްކަތް ކުރާކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ ހައްދެއް ނެތް މިންވަރަށް އޮތް ކަމެއް ނޫންކަން ގާނޫނު އަސާސީން އެނގެން އޮންނަކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވުމާއި ގުޅިގެން، ޝަރީފް މިއަދު ވިދާޅުވީ، ރައީސް ނަޝީދު ޗައިނާއާއި ބެހޭގޮތުން ދުނިޔޭގެ އެކިއެކި ފޯރަމްތަކުގައި ދެއްކެވި ވާހަކަފުޅުތަކާއި އަދި ނޫސް މަޖައްލާތަކަށް ދެއްވި ހަގީގަތެއްނެތް ހަބަރުތަކުގެ ސަބަބުން ޗައިނާއާއި ރާއްޖެއާ ދެމެދުއޮތް ގުޅުމަށް ހީނަރުކަން އައި ކަމަށެވެ.

އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރައްޔިތުންނަށް ޗައިނާގެ ފަރާތުން ލިބެންއޮތް ފައިދާ ކުޑަވެގެންދިޔަ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއާއިއެކު ބަދަހި ގުޅުންތަކެއް ބާއްވާ ގިނަ މަސައްކަތްތަކެއް ދެގައުމު ގުޅިގެން ކުރިއެވެ. އެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ޗައިނާއާއި ރާއްޖެއާއި ދެމެދު ނުރަނގަޅު މުއާމަލާތްތަކެއް ކުރިއަށް ގެންދާ ކަމަށް ތުހުމަތު ކޮށްފައެވެ.

މިސަރުކާރު ވެރިކަމަށް އައިފަހުން ރައީސް ނަޝީދު އިންޑިއާއަށް ކުރެއްވި ކޮންމެ ދަތުރުފުޅެއްގައި ވެސް ޗައިނާއާއި ރާއްޖެއާއި ގުޅުވައިގެން މާބޮޑު ހަގީގަތެއް ނެތް ތަފާތު ވާހަކަތައް ދައްކަވައި ބޮޑެތި ތުހުމަތުތައް ވަނީ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


3

ޙަސަން

03-Jul-2022

އަހަރުން ނުދަންނަން ތިޝަރީފެއް 😂 މި ނޫހުގެ ހިއްސާދާރެއްތަ ؟ މި ނޫހުގަ މުޅިން މި ހުންނަނި ޝަރީފް .. ޝަރީފް.. ޝަރީފް 😂