މިދިޔަ މަހު އައްޑޫ ސިޓީ ފޭދޫގައި ޒުވާނަކު މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅައި، ނުފޫޒު ފޯރުވަން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަމަހުގެ 2 ވަނަ ދުވަހު ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވީ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުޙައްމަދު ޒަޔާން މޫސާއެވެ.
އެ ޒުވާނާގެ މަރުގެ މައްސަލާގައި މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކުވެސް ހިމެނެއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ހުރަސް އެޅުމުގެ ތުހުމަތުގައި އިއްޔެ 37 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރަނީ މަރުގެ މައްސަލައިގައި ބަންދުކޮށްފައިވާ ކުޑަކުއްޖަކަށް ނުރަނގަޅު ނުފޫޒު ފޯރުވުމާއި ފުލުހުން ކުރަމުންދާ ތަހުގީގަށް ހުރަސް އެޅުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި މައްސަލައިގެ ތަހުގީގަށް އިތުރު ބަޔަކު ވެސް ހުރަސް އަޅައި، ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާތީ އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ހެއްކާ ބެހޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ މަޝްވަރާކޮށްފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު