ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބުތައް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ކިޔައިދެއްވައިފިއެވެ.
އިކްރާމް ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާގެ ނަޒަރުގައި ރައީސް ސާލިހަށް ދެވަނަ ދައުރެއް އަރުވަންޖެހޭ ބައެއް ސަަބަބުތައް ހާމަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ޅަ ޑިމޮކްރެޓިކް ހަޔާތުގައި އެކި ފިއްތުންތަކަށް ނުގުޑާ، ޤައުމަށް ފައިދާހުރި، ޑިމޮކްރެޓިކް ހެޔޮ ވެރިކަމެއް ކެތްތެރިކަމާއެކު ކޮށްދެއްވާފައިވާތީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް އިކްރާމް ވިދާޅުވިއެވެ.
މީގެ އިތުރުން ކޯވިޑްގެ ދަތި ހާލަތުން ރާއްޖެ ސަލާމަތްކޮށްދިނުމާއި ތަރައްގީ ނުހުއްޓި ކުރިއަށްގެންދިއުމަކީވެސް ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބެއްކަމަށް އިކްރާމް ވިދާޅުވިއެވެ.
ރައީސް ސާލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު، އެމަނިކުފާނުވެސް ވަނީ އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ނަމަވެސް އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް ނަޝީދުވެސް ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކެމްޕެއިން ކުރަށްވަމުންނެވެ. ބެލެވޭ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ބޭފުޅެއް އެނގިގެންދާނީ އޮގަސްޓަމަހު އޮންނަ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ނިންމާ ނިންމުންތަކެއްގެ މަތީންނެވެ.

Raajjeyge lha democratic hayaathga HEP @ibusolih ah 2 vana dhaureh dhinun hagguvanee
— Ikram Hassan MP (@ikramhassan) July 1, 2022
1. Eki fihthun thakah nugudaa, qaumah faidhaahuri, democratic heyo verikameh keiitherikamaai eku kohdhevvun
2. Covid19ge dhathi haalathun raajje salaamaii kohdhevvun
3. Tharahgee nuhutti hingun pic.twitter.com/KOyT1PGNbR
ރައީސް ސާލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު، އެމަނިކުފާނުވެސް ވަނީ އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ނަމަވެސް އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް ނަޝީދުވެސް ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކެމްޕެއިން ކުރަށްވަމުންނެވެ. ބެލެވޭ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ބޭފުޅެއް އެނގިގެންދާނީ އޮގަސްޓަމަހު އޮންނަ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ނިންމާ ނިންމުންތަކެއްގެ މަތީންނެވެ.
ކިޔުންތެރިންގެ ހިޔާލު