ޓޫރިޒަމް މިނިސްޓަރ އަލީވަހީދު
ޓޫރިޒަމް މިނިސްޓަރ އަލީވަހީދު
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިއޮތް އޮތުމަށް ނިމުމެއް ގެނެސް އެ ސިނާޢަތް އަލުން ހުޅުވާލިކަން އިޢުލާންކޮށް ރާއްޖޭގެ ރީތި ގޮނޑުދޮށް ތަކުގައި ޗުއްޓީ ހޭދަކޮށްލުމަށް ފަތުވެރިންނަށް ދަޢުވަތު ދީފައިވާ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ވީޑީއޯއެއް ޝޯޝަލް މީޑިޔާއަށް ދޫކޮށްލައްވައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަންނަ ޖުލައި މަހު އަލުން ހުޅުވާލުމަށް ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. ރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިން އަލުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރުމަށް ބޮޑެތި މަަސައްކަތްތަކެއް ވަނީ ކުރަންޖެހިފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިއޮތް އޮތުމަށް ނިމުމެއް ގެނެސް މި ސިނާޢަތް އަލުން ފެށުމުގެ މަސައްކަތުގައި ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ކުރީސަފަށް ނުކުމެ ވަޑައިގެން އަމަލީ ގޮތުން މިމަސައްކަތުގައި ބައިވެރިވެވަޑައިގަންނަވައެވެ.  މިކަމުގައި އެންމެބޮޑު މަސައްކަތެއް ކުރަންޖެހިފައިވަނީ ވެސް ޓުއަރިޒަމް މިނިސްޓްރީއާއި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީއެވެ.

ރާއްޖެ މުޅި ދުނިޔެއަށް އިޝްތިހާރު ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ރަސްމީކޮށް ފަށާފައިވާއިރު، މިމަސައްކަތުގައި މިނިސްޓަރ ޢަލީ ވަޙީދު ވަނީ އެމަނިކުފާނު އަޑާއިއެކު ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިޔާއަށް ދޫކޮށްލައްވާފައެވެ. ރާއްޖޭގެ ގުދުރަތީ ހިތްގައިމު ކަން މި ވީޑީއޯ އިން ފެނިގެންދެއެވެ. މިކަމާއި ގުޅިގެން ޝޯޝަލް މީޑިޔާގައި އަލީ ވަހީދަށް ތައުރީފު ކުރަމުން ދާކަން ވެސް ފާހަގަކޮށްލެވެއެވެ.



ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުކުރުން ހުއްޓި އިޤްތިޞާދީގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާއިރު ދުނިޔޭގެ ނިސްބަތުން ބެލިއަސް މިކަމުން އެންމެ ބޮޑަށް އަސަރު ކުރި ޤައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނެއެވެ. އިޤްތިޞާދުގެ 70 އިންސައްތަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެއިންވެސް ވަނީ ކޯވިޑް-19 އާއި ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ރައްޔަތު އަހުމަދު

10-Jun-2020

ރައްޔަތުން އުފާވާންވީ ކޮންކަމަކާ..؟ ރިސޯޓު ތަކުގެ މަންފާ ދިވެހިރައްޔަތުން ނަށް ލިބޭ ނެގޮތަކާއި މެދު ނުވިސްނާ.. ޗަންޕާ / ޔުނިވަރސަލް / ވިލާ / ސަން / އެހެން ވެސް ބޮޑެތި ކުންފުނިތަކަށް އެކަނި 99 އަހަރަށް މިރަށް ތަކުގެ މަންފާ ލިބެންވީ.؟ މީތޯ ދިވެހީންނަށް ހައްޤު މިންވަރަކީ؟ ކީއްވެ ހުރިހާ ރިސޯޓެއްގެ %40 ޕަބްލިކަށް ނުދޭންވީ.. ޝެއަރ ވިއްކައިގެން އަދި ސަރުކާރަށް %30 ހިންގާ ކުންފުންޏަށް %30 އޭރުން ކޮންމެވެސް މިންވަރެއް ރައްޔަތުން ނަށް ލިބޭނެ ދޯ.. މިހާރު މާލޭގެ ބޮޑުންގެ އާއިލާ މުއްސަނދިކަމުގައި 99 އަހަރު... އަހަރުމެން ފަގީރުކަމުގައި އެމީހުންނަށް ޢުލާމުކުރަން 99 އަހަރު.. ވޯޓު ހޯދަން އައުމުގެ ކުރީން މިކަމަށް ހައްލެއްގެނުވާ ނޫނީ ނޯ އޭ ބުނެވޭނީ..!


-1

ކިނބޫ

10-Jun-2020

އަޗީ އަމައްޔާއި އާއި އޫއި ރިހަކަން ގަދަކަމާ އެވެ.


14

މޫސާ

10-Jun-2020

ކޮރޮޕްޟަނުގެ މޭސްތިރީ



ޓްރެންޑިން