އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯއިން ދޭން ފަށާފައިވާ ހަދިޔާ މި ނިމުނު ޖޫން މަހު 241 ތުއްތު ކުއްޖަކަށް ދީފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ، މިދިޔަ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފަންވި ގިނަ އަދަދެއްގެ ކުދިންނަށް ހަދިޔާ ހަވާލު ކޮށްފައިވާކަމަށެވެ. އެގޮތުން އެންމެ ގިނައިން ކުދިން އުފަންވި މާލެ ސަރަހައްދުން ޖުމުލަ 136 ކުއްޖަކަށް ވަނީ ހަދިޔާ ދީފައެވެ. އަދި ކުޅުދުއްފުއްޓަށް އުފަންވި 37 ކުއްޖަކާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އުފަންވި 18 ކުއްޖަކަށާއި، ގަމު ރީޖަނަލް ހޮސްޕިޓަލަށް އުފަންވި 16 ކުއްޖަކަށާއި ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް އަށް އުފަންވި 9 ކުދިން،ނާއި ފުވައްމުލަކަށް އުފަންވި 7 ކުދިންގެ އިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް އުފަންވި 18 ކުދިންނާއިއެކު އަތޮޅުތެރެއިން ޖުމުލަ 105 ކުއްޖަކަށް ހުސްވި މަހު އެސްޓީއޯއިންވަނީ ހަދިޔާ ބަހާފައެވެ.
އެސްޓީއޯއިން ބުނެފައިވަނީ، އެސްޓީއޯއިން ފަށާފައިވާ ހަދިޔާ ވަށި ޕްރޮގްރާމްގެ ދަށުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އުފަންވާ ކުދިންނަށް ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަދިޔާ ވަށީގައި އާންމުކޮށް ހިމަނާފައި ހުންނަނީ ތުއްތު ކުއްޖާ އުފަންވާ ވަގުތު އެންމެ ބޭނުންވާ ތަކެއްޗެވެ.

ތިޔަ އާއިލާތަކަށް އިތުރުވި ކުޑަކުޑަ ތުއްތު ދަރިފުޅަށް ވަރަށް ދުޅަހެޔޮ ސިއްހަތަކަށް އެދެން 🤗
— STO (@stoplc) July 3, 2022
ވަރަށް ބޮޑަށް މަރުހަބާ! pic.twitter.com/6J9GPmIyKw
އެސްޓީއޯއިން ބުނެފައިވަނީ، އެސްޓީއޯއިން ފަށާފައިވާ ހަދިޔާ ވަށި ޕްރޮގްރާމްގެ ދަށުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އުފަންވާ ކުދިންނަށް ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަދިޔާ ވަށީގައި އާންމުކޮށް ހިމަނާފައި ހުންނަނީ ތުއްތު ކުއްޖާ އުފަންވާ ވަގުތު އެންމެ ބޭނުންވާ ތަކެއްޗެވެ.
ކިޔުންތެރިންގެ ހިޔާލު