ކުރިއަށް އޮތް އަޟްޙާ ޢީދުގައި ހަވާއަރުވަން މިހާތަނަށް 18 ރަށަކުން އެދިފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މިއަހަރުގެ އަޟްޙާ ޢީދުގައި އެ މުއައްސަސާއިން ރާވައިގެން، ހަވާ އެރުވުމަށް ނިންމާފައިނުވާކަމަށެވެ. ނަމަވެސް ވިޔަފާރި އުސޫލުން، އެމްއެންޑީއެފްގެ ސިފްކޯއިން ހަވާއަރުވައިދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ ވިޔަފާރި އުސޫލުން، ހަވާއަރުވައިދިނުމަށް މިހާތަނަށް 18 ރަށެއްގެ ކައުންސިލުން އެމްއެންޑީއެފްގެ ސިފްކޯގައި އެދިފައިވާކަމަށެވެ. އެ ރަށްތަކަކީ ހއ.ބާރަށް، ހއ.ދިއްދޫ، ހއ.ވަށަފަރު، ނ.ވެލިދޫ، ނ.ހޮޅުދޫ، ނ.ފޮއްދޫ، ރ.މާކުރަތު، ބ.ފުޅަދޫ، ބ.ދަރަވަންދޫ، ބ.އޭދަފުށި، ކ.ދިއްފުށި، ކ.ގުރައިދޫ، ކ.ހިންމަފުށި، ކ.ގާފަރު، އއ.ތޮއްޑޫ، އއ.އުކުޅަސް، ގދ.ފިޔޯރީ، އަދި ސ.ހިތަދޫއެވެ.
ކުރިއަށްއޮތް އީދުގައި މާލެ ސަރަޙައްދުގައި ހަވާ އެރުވުމަށް ކުރިން ނިންމާފައި އޮތްނަމަވެސް، މިހާރު ވަނީ އެ ހަރަކާތް ކެންސަލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު