ޖީއެސްޓީ ބޮޑުކުރުމުން މުދަލާ ޚިދުމަތުގެ އަގުބޮޑުވެ ހުރިހާ ތަކްލީފެއް އުފުލަންޖެހޭނީ ޢާއްމު ރައްޔިތުންނަށް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބުރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ވަނީ އިޢުލާނު ކުރަށްވާފައެވެ. އެކަމާ ގުޅިގެން ޝަރީފް މިއަދު ވިދާޅުވީ ރައްޔިތުންނާ ސީދާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރުންފަދަ ފިޔަވަޅުތަކުން މުދަލާ ހިދުމަތުގެ އަގުބޮޑުވާނެ ކަމަށެވެ.
ޝަރީފް މިއަދު ވިދާޅުވީ ކޯވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި ދިވެހިން ފަހަށް ރައްކާކޮށްފައިހުރި ފައިސާކޮޅު ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު އެންމެ މުހިންމީ ދަޢުލަތުގެ ޚަރަދުތައް ކުޑަކޮށް ލޯނުތައް މަޑުޖައްސާލުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"މިދަނޑިވަޅުގައި ޖީއެސްޓީ ނެގުމުގެ ބަދަލުގައި ސަރުކާރުން ހިންގާ ކެޕިޓަލް އިންވެސްޓުމަންޓް ހުއްޓާލައި، ހަރަދު ކުޑަކޮށް ލޯނުތަށް މަޑުޖައްސާލަންޖެހޭ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކަމަށް މާލީ ވަޒީރު ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް ކޯވިޑްގެ ޕެންޑަމިކާއި ގުޅިގެން ޕްރައިވެޓް ސެކްޓަރުގެ ޙާލަތަށް އައި ބަދަލު ސަރުކާރަށް ބެލިފައި ނެތްކަމަށެވެ.
"އައިއެމްއެފްގެ ލަފާގެ މަތިން ރާއްޖޭގެ މާލީ ދާއިރާ ބަދަލު ނުކުރާނަމަ އޭގެ ހިތި އަސަރު ކުރާނެ، ސަރުކާރުގެ ހަރަދު ކުޑަކުރޭ." ޝަރީފް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ 12 ޕަސަންޓުން 16 ޕަސަންޓަށް، އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސަންޓަށް ބޮޑުކުރަން ނިންމާފައިވާކަމަށެވެ.
އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅާއިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ސަބްސިޑީތައް ރީފޯމްކޮށް، އިތުރު ޕްރޮޖެކްޓްތައް ހިންގުން މަޑު ޖައްސާލާފައިވާކަމަށް އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު