މިއަދު ލިބުނު އިންޒާރާ ގުޅިގެން ބެލިބެލުންތަކުން އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރުވެފައިވާ ކަމަށް މޯލްޑިވެސް ނޭޝަނަލް ޑިފެންސް ފޯސްއިން ހާމަކޮށްފިއެވެ.

މާލޭގެ ތިން ސަރަހައްދެއް ބަންދުކޮށް، ހަތިޔާރާއެކު ސިފައިން މިއަދު ވަނީ ހަރަކާތްތެރިވެފައެވެ. ސަލާމަތީ ޚިދުމަތްތަކުން ބަންދުކޮށްފައިވަނީ ސުޕްރީމް ކޯޓު ސަރަހައްދުގެ ގޯޅި ގަނޑަކާއި މުރައިދޫގެ ހިމެނޭ ސަރަހައްދާއި ބޮޑުތަކުރުފާނު މަގުން ޗައިނާ އެމްބަސީ ހިމެނޭ ސަރަހައްދެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ނުރައްކާތެރި ކަމަށްބެލެވޭ ގޮތް ނޭގޭ އެއްޗެއް މާލޭގެ 2 ސަރަހައްދެއްގައި އޮތްކަމަށް ލިބުނު ރިޕޯރޓަކާއި ގުޅިގެން މިއަދު އެމް.އެން.ޑީ.އެފުން އެސަރަހައްދުތަކުގައި ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

"ބެލި ބެލުމުން މިކަމުގައި އެއްވެސް ނުރައްކަލެއް ނެތްކަމަށް ޔަޤީންވުމުން މިހާރު ވަނީ މި ހަރަކާތް ނިންމާލެވިފައެވެ. މިކަމުގައި އެންމެހާ ފަރާތްތަކުން ދެެއްވި އެއްބާރުލެއްވުމަށް ނިހާޔަތައް ޝުކުރު އަދާކުރަމެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިއަދުގެ އޮޕަރޭޝަން ކުރިއަށްދިޔަ ސަރަޙައްދުތަކުގައި އެމްއެންޑީއެފް ބޮމް ޑިސްޕޯސަލް ޔުނިޓުގެ ސިފައިންވެސް ވަނީ ޙަރަކާތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން