ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކް (މޫކޭ) އާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކް (މޫކޭ) އާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކުރިން އޮތް ތާއީދު މިހާރު ނެތް ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކް (މޫކޭ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން، މޫކޭ ވިދާޅުވީ ރައީސް ނަޝީދަށް ކުރިން އޮތް ތާއީދު މިހާރު ނެތް ކަމަށާއި އެކަން ރައީސް ނަޝީދަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެކަން އެގޮތަށް ދިމާވެފައިވަނީ ރައީސް ނަޝީދުގެ ބަސްމަގު ހުންނަގޮތުންކަމަށާއި އެކަން ޕާޓީގެ ޢާއްމު މެންބަރުންވެސް ފާހަގަކުރާކަމަށް މޫކޭ ވިދާޅުވިއެވެ.

"އާއްމު މެމްބަރުންގެ ތެރޭގަ ރައީސް ނަޝީދަށް ކުރީގަ އޮތް ތާއީދެއް މިހާރަކު ނެތް. އެއީ ހަމަ ގަބޫލުކުރަންޖެހޭ ހަގީގަތް." މޫކޭ ވިދާޅުވިއެވެ.

މޫކޭ އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅު ވެގެން އުޅުއްވަނީ ވެރިކަން ކަމަށާއި އެއީ ވަރަށް ސާފު ކަމެއް ކަމަށެވެ. ނަމަވެސް ޕާޓީގައި ރިޔާސީ ޕްރައިމަރީއެއް ބޭއްވި ނަމަވެސް ރައީސް ނަޝީދަށް ޕްރައިމަރީ ކާމިޔާބު ނުކުރެއްވޭނެ ކަމަށް މޫކޭ ވިދާޅުވިއެވެ.

"އެތެރޭގެ އިންތިޚާބެއްގަ މިހާރަކު އިރާދަކުރެއްވިއްޔާ ރައީސް ޞާލިޙެއް ބައްޔެއް ނުކުރެވޭނެ ޕްރައިމަރީއެއްގަ ރައީސް ނަޝީދު ނިކުތަސް. އަނެއްކަމަކީ ރައީސް ނަަޝީދާއެކު އެމްޑީޕީއަށް ވެރިކަން ހޯދޭނެ އެއްވެސް ފޯމިއުލާއެއް ބަރުލަމާނީއެއް ވިޔަސް ކޮމިއުނިޒަމް ވިޔަސް ނެތް. އެއްވެސް ފޮމިއުލާއެއް ނުފެނޭ." މޫކޭ ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މޫކޭ ވިދާޅުވީ މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫންކަމަށާއި ރައީސް ނަޝީދަށް ވެރިކަން ލިބިއްޖެނަމަ އެމަނިކުފާނަށް ނިޒާމުވެސް ރަނގަޅުވާނެ ކަމަށެވެ.

މޫކޭ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭން ޖެހޭނީ ޕްރައިމަރީއަކުން ކަމަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރާ ޙަޤީޤަތަކީ ރައީސް ނަޝީދާއެކު އެމްޑީޕީއަށް ވެރިކަން ހޯދޭނެ އެއްވެސް ފޯމިއުލާއެއް ނެތުން ކަމަށް ތަކުރާރުކޮށް މޫކޭ ވިދާޅުވިއެވެ.

"ޕްރައިމަރީއަކަށް ގޮސްގެންވެސް ހަމަ ރީތިކޮށް ރައީސް ޞާލިޙް ރިޔާސީ ޓިކެޓް ކަށަވަރު ކުރާނެ." ރޭގެ ޕްރޮގްރާމްގައި މޫކޭ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


4

މޫކާބޭ

07-Jul-2022

ގޭގެ ތިން ބޭންވެސް ބައްލަވާ. ލިވާތު ކުޅިވެސްކުޅެޔޭ މީހުންކިޔާއުޅޭ.