މާލެ އައުމަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް، ތެޔޮ ހުސްވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ، އއ. ފެރިދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ "އެރްވީނާ އަލޯހާ" ނަމަކަށް ކިޔާ ލޯންޗުގެ އިންޖީނު ހުއްޓިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ލޯންޗު ހުއްޓިފައިވަނީ، ކ.ބޮލިފުށީގެ ހުޅަނގުން 14 ނމ. ބޭރުން ކަމަށާއި، ލޯންޗު ހުއްޓުނީ، ލޯންޗުން ތެޔޮ ހުސްވުމާއި ގުޅިގެން ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، އެ ރިޕޯޓު ލިބުމާއި އެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޓްރަންގެ ސިފައިން ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި، ލޯންޗުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.

އިންޖީނު ހުއްޓުނު "އެރްވީނާ އަލޯހާ" ލޯންޗުގައި ތިބި މީހުންގެ ތެރެއިން 28 މީހަކު، ކޯސްޓްގާޑުގެ ދެ އުޅަނދެއްގައި މާލެ ގެނެސްދިނުމަށް ދަތުރުކުރަމުން އަންނަ ކަމަށާއި، އޭގެތެރޭގައި ހަތަރު ކުޑަކުދިންނާއި، ހަތް އަންހެނުން އަދި 17 ފިރިހެނުން ހިމެނޭ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ލޯންޗު ހުއްޓުނުއިރު، އެ ލޯންޗުގައި 31 މީހުންތިބި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން