ދިވެހި ފުލުހުންގެ ހިދުމަތުގެ ޑޯގް ސްކޮޑްގެ ހާއްސަ ތަމްރީނުތަކެއް މިއަދު މާލޭގައި ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.
ފުލުހުން މިއަދު ބުނީ، ފުލުހުންގެ ކޭ-ނައިން ޑިޕާޓްމަންޓް (ޑޯގް ސްކޮޑް) ގެ ހާއްސަ ތަމްރީނެއް މިއަދު މާލޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާނެ ކަމަށެވެ.
ނަމަވެސް ތަމްރީނުތައް ކުރިއަށްގެންދާ ސަރަހައްދުތައް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ކުއްތާ ރާއްޖެ ގެނެސްފައި ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ފުޅާ ކުރުމަށެވެ.
ކުއްތާ ސްކޮޑު އެކުލަވާލިއިރު 16 ކުއްތާއެއް ހިމެނުނު ނަމަވެސް އޭގެ ތެރެއިން ބައެއް ކުއްތާ މިހާރު މަރުވެފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޭ ނައިން ޑިޕާރޓްމަންޓް (ޑޯގް ސްކޮޑް) ގެ ހާއްސަ ތަމްރީނެއް މިއަދު މާލޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
— Maldives Police (@PoliceMv) July 6, 2022
ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ކުއްތާ ރާއްޖެ ގެނެސްފައި ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ފުޅާ ކުރުމަށެވެ.
ކުއްތާ ސްކޮޑު އެކުލަވާލިއިރު 16 ކުއްތާއެއް ހިމެނުނު ނަމަވެސް އޭގެ ތެރެއިން ބައެއް ކުއްތާ މިހާރު މަރުވެފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު